ބަނގުރާ ފުޅިއަކާއެކު ފުލުހަކު ހައްޔަރުކޮށްފިއެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯރސްމެންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅި އަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެމީހާއަކީ ފުލުހެއްކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިމައްސަލަ ފުލުހުންގެ އިދާރާއިން އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.