ކ. މާލެ
|
11 މާރޗް 2021 | ބުރާސްފަތި 21:23
ދެވަނަ ޓާމަށް ސްކޫލް ހުޅުވުން
ދެވަނަ ޓާމަށް ސްކޫލް ހުޅުވުން
ރާއްޖެއެމްވީ
ކޮވިޑް-19
އަންނަ ހަފްތާއިން ފެށިގެން ގްރޭޑް 7ން މަތީގެ ދަރިވަރުން ސްކޫލަށް ގޮސް ކިޔަވާ ގޮތަށް ނިންމައިފި
 
މިދިޔަ މަހު 27ން މިއަދާ ހަމައަށް މާލޭގައި ގްރޭޑް 8ން ދަށުގެ ދަރިވަރުންނަށް ކިޔަވައިދިނީ އޮންލައިންކޮށް

އަންނަ ހަފްތާއިން ފެށިގެން ގްރޭޑް 7ން މަތީގެ ދަރިވަރުން ސްކޫލަށް ގޮސް ކިޔަވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން އެލްކޭޖީން ފެށިގެން ގްރޭޑް އަށަކާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމީ މިދިޔަ މަހު 27ގަ އެވެ. މި މަހު 11އާ ހަމައަށް އެގޮތަށް ކިޔަވައިދޭން ނިންމުމަށް ފަހު އެ މުއްދަތު ހަމަވުމުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތީގެ ނިޔަލަށް ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުން ކިޔަވާނީ އޮންލައިންކޮށް ކަމަށެވެ. އަދި 8ން 12ށް ދަރިވަރުން ކިޔަވާނީ ސްކޫލަށް ހާޒިރުވެކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ދިރާސީ އަހަރަށް ބަދަލުތަކެއް ގެނެސް ދެވަނަ ޓަރމުގެ ކިޔެވުން ފެށުމަށްޓަކައި ނިއު ނޯމަލްގައި، ސަލާމަތާއި ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކަކާއިއެކު ސްކޫލުތައް އަލުން ހުޅުވީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ބޭބީ ނާސަރީއާއި ގްރޭޑް 12 އާ ދެމެދުގެ ހުރިހާ ގްރޭޑެއްގެ ކުދިންވެސް ސްކޫލަށް ހާޒިރުވެގެން މުޅި ރާއްޖޭގައި ކިޔަވައިދޭން ފެށިތާ މާގިނަ ދުވަސްތަކެއްނުވެ ރާއްޖޭގައި ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މިދިޔަ އަހަރު މެދުކަނޑާލުމަށް ފަހު ޖުލައި 1 ގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދީފައެވެ. އަދި މިދިޔަ އަހަރުގެ ބޮޑުބައި މާލޭ ސްކޫލްތަކުގައި ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ވަކިން ޚާއްސަކޮށް ދަށް ގްރޭޑްތަކުގެ ކުދިންނަށް ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނީ ގްރޭޑް 9ން މަތީ ގްރޭޑްތަކުގެ ކުދިންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް