ކ. މާލެ
|
3 މެއި 2017 | ބުދަ 16:57
އިންޑިއަން ބިރިއާނީ
އިންޑިއަން ބިރިއާނީ
ގޫގުލް
އިންޑިއަން ރެސްޓޯރެންޓު
ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި
އެ ރެސްޓޯރެންޓާއި ވެރިމީހުން ވަނީ ޖޫރިމަނާ ކޮށްފައި

ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓެއްކަމަށްވާ ކުޝީގެ ތެރެއިން ރިހަވަސް މާގަދައަށް  ބޭރަށް ހުންނާތީ  އެތަން ޖޫރިމަނާ ކޮށްފިއެވެ. ޔޫކޭގެ އަވަށެއްކަމަށްވާ މިޑިލްސްބްރަގް ކައުންސިލުން ވަނީ ކުޝީގެ ވެރިމީހާ ކަމަށްވާ ޝަބާނާ އަދި މުހައްމަދު ކުޝީ ގެ އިތުރުން އެ ރެސްޓޯރެންޓް ޖޫރިމަނާ ކޮށްފައެވެ.

ކޯޓުން ކުޝީ ރެސްޓޯރެންޓުން ހުކުމް ކޮށްފައިވަނީ އެ ރެސްޓޯރެންޓުގެ ކައިރީގައި ދިރިއުޅޭ އަވައްޓެރިން ރިހަ ވަސްދުވާތީ އުނދަގޫވެގެން އެކަން ހުއްޓުވުމަށް ކޯޓުގައި އެދުމުންނެވެ. ކޯޓުން އެ ޖޫރިމަނާ އަށް ތާއީދުކޮށް ބުނެފައި ވަނީ އަވަށުގެ އެތައް މީހުން ވަނީ ރިހައިގެ ވަސްދުވުމުގެ ސަބަބުން ޝަކުވާ ކޮށްފައިކަމަށެވެ.

ކުޝީ ރެސްޓޯރެންޓަކީ އިންޑިއާގެ ކެއުން ލިބޭ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓުން ލިބޭ ހާއްސަ ކެއުންތަކުގެ ތެރޭގައި ޕަންޖާބީންގެ ކެއުންތަކާއި ބިރިޔާނި އަދި ހިންދޫންގެ ކެއުންތައް ހިމެނެއެވެ.

ކޯޓުގެ އަޑު އެހުން އޮތީ ޔޫކޭގެ ޓީސްސައިޑް މެޖިސްޓްރޭޓް ކޯޓުގައެވެ. އެ ކޯޓުގެ ފަނޑިޔާރު ކްރިސްޓީނާ ހެރީސަން ވިދާޅުވެފައި ވަނީ ކައުންސިލުން ވަނީ އެ އަވަށުގެ ގިނަ މީހުންނަށް އެ ރިހަ ވަހާއި ހެދި އުނދަގޫވާކަމަށާއި ރެސްޓޯރެންޓުގެ ބަދިގޭގެ ދޮރު ހުޅުވާފައި ހުންނާތީ އަވަށު މީހުންގެ ހެދުމުގައި ރިހަވަސް ހިފާފައިވާކަމަށެވެ. އެކަމާހެދި ވަރަށް އުނދަގޫވެ ޝަކުވާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކުށީ ރެސްޓޯރެންޓްގެ ދެ މީހުން ތެރެއިން ކޮންމެ މީހަކު 258 ޕައުންޑުން ޖޫރިމަނާ ކޮށްފައިވާކަމަށާއި  ރެސްޓޯރެންޓް 500 ޕައުންޑް އިން ޖޫރިމަނާ ކޮށް އެ ދެއްކުމަށް އަމުރު ކުރާކަމަށް ބުނެފައި ވެއެވެ.

މި ޖޫރިމަނާއާއި ގުޅިގެން އެ ރެސްޓޯރެންޓުގެ ވެރިއެއްކަމަށްވާ ޝަބާނާ ބުނެފައިވަނީ އެ އަވަށު ކައުންސިލުން ކޮށްފައިވަނީ ރަނގަޅު ޖޫރިމަނާއެއްކަމުގައި ނުދެކޭކަމަށާއި އަދި ޝަކުވާ ކޮށްފައިވަނީ ވެސް ވަރަށް މަދު މީހުންކަމަށް ގަބޫލުކުރާކަމަށެވެ. އަދި އެ ރެސްޓޯރެންޓުގެ ބޭރުން ރިހަ ވަހެއް ނުހުންނާނެކަމަށް އޭނާ ބުނެފައި ވެއެވެ. ޝަބާނާ ބުނީ ރިހަ ވަސް ހުންނާނީ ހަމަ އެކަނި އެ ރެސްޓޯރެންޓުގެ ތެރެއަށް ވަނުމުން ކަމަށެވެ. މުހައްމަދު ބުނެފައިވަނީ ޖޫރިމަނާ ކުރުމުގެ ސަބަބުން ވަރަށް ކަންބޮޑުވެފައިވާ ކަމަށެވެ. 

 އަދި ވިޔަފާރި ކާމިޔާބު ކަމާއެކީ ގެންދިއުމަކީ ކޮންމެ ވިޔަފާރިވެރިއެއްގެވެސް ހުވަފެންކަމަށްވާއިރު ޖޫރިމަނާ ކުރުމުން އެ ވިޔަފާރި ވަރަށް ދަށްވެފައިވާކަމަށް މުހައްމަދު ބުންޏެވެ.

- ކޮމެންޓް