އާލިއާ ބަޓް ފިލްމު ޕްރޮޑިއުސްކުރަން ތައްޔާރަށް ހުރިކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އާލިއާގެ ގާތް ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީއާލިއާ ހުރީ ފިލްމުތައް ޕްރޮޑިއުސްކުރުމަށް ތައްޔާރަށްކަމަށާއި މުޅިން އާ ކަންކަން ތަޖުރިބާ ކުރުމަކީ އުމުރުގެ ގޮތުން ހަގު ވިޔަސް ނުކުރެވޭނެ ކަމެއް ނޫން ކަމަށް އާލިއާ ބުނެފައިވާކަމަށެވެ.
އާލިއާ ފިލްމު ކުޅުމަށް ނިކުތްތާ މާގިނަ އަހަރެއް ނުވަނީސް ފިލްމު ޕްރޮޑިއުސްކުރަން ނިންމީ ޕްރިޔަންކާ އާއި އަނުޝްކާގެ މަސައްކަތުން ހިތްވަރު ލިބިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އާލިއާގެ ބައްޕައަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ މަހޭޝް ބަޓްއެވެ.
އެހެން ކަމުން ބޮޑު އެހީއެއް ހޯދުމަށް ނިންމާފައިވަނީ އޭނާގެ ބައްޕަ ކައިރިން ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. އާލިއާ އެންމެ ފުރަތަމަ ބޮލީވުޑަށް ނިކުތީ އޭނާގެ އުމުރުން 19 އަހަރުގައެވެ.
އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި އޭނާގެ ލީޑްރޯލުން ފެނިގެންދިޔަ ދެ ފިލްމު "އުޅްތާ ޕަންޖާބް" އާއި "ޑިއާ ޒިންދަގީ" އިން އޭނާ އަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބިގެން ގޮސްފަ އެވެ.
ފިލްމީ ދާއިރާއަށް ނިކުތީ 2012 ވަނަ އަހަރު ނިކުތް ސްޓޫޑެންޓް އޮފް ދަ އިޔާއިންނެވެ.