ކ. މާލެ
|
10 މާރޗް 2021 | ބުދަ 16:26
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
އެމްއާރްއެމް
އެމްއާރްއެމްއިން އިދިކޮޅާ ގުޅޭކަށް ނޫޅޭ، އެކަހަލަ މަޝްވަރާއެއް ވެސް ނެތް: ޔުމްނާ
އެއީ ހަގީގަތް އޮޅުވާލަން ބަޔަކު ހަދައިގެން ދައްކާ ވާހަކަތަކެއް
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ލައި ގިނަ ދުވަސްތަކެއް ވަންދެން ނުހައްގުން އެތައް އަނިޔާތަކެއްދީފައިވޭ

ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އެމްއާރްއެމް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންއާ ގުޅެން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެޕާޓީން ދޮގުކޮށްފިއެވެ.

އެމްއާރްއެމް ރަޖިސްޓްރީކޮށްފައި ވަނީ އެޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރކަން ކުރައްވަމުން ގެންދަވާ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ނަން މަތީގައެވެ. ރައީސް މައުމޫން އިދިކޮޅާ ގުޅެން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ އެއްވެސް ނިންމުމެއް އެމްއާރްއެމްއިން ނިންމާފައި ނުވާ ކަމަށާއި، އެފަދަ މަޝްވަރާއެއްވެސް ކޮށްފައި ނުވާ ކަމަށެވެ. ޔުމްނާ ވިދާޅުވީ އެއީ ހަގީގަތް އޮޅުވާލަން ބަޔަކު ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ރައީސް މައުމޫން އިދިކޮޅާ ގުޅެން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް އެކަމަނާ ދޮގުކުރެއްވިއިރު 2023ގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަން އާ ގުޅެން ނިންމާފައިވާ ކަމަށާއި، އިދިކޮޅުން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު ބާއްވާ އެއްވުންތަކުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ މެމްބަރުން ބައިވެރިވާ ކަމަށް ތުހުމަތުކޮށް ވާހަކަތައް ދަނީ ދެކެވެމުންނެވެ.

ޕީޕީއެމްއަކީ ޑީއާރްޕީ އާ އެކަހެރިވެވަޑައިގެން ރައީސް މައުމޫން އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް ރައީސް ޔާމީން ވަނީ ޕީޕީއެމް ރައީސް މައުމޫންގެ އަތްޕުޅުން އަތުލައިގެންފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލައި ގިނަ ދުވަސްތަކެއް ވަންދެން ނުހައްގުން އެތައް އަނިޔާތަކެއް ދީފައިވާއިރު، 2018ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ޔާމީންއާ ދެކޮޅަށް ރައީސް މައުމޫން ނިކުމެވަޑައިގެންނެވީ އެ ސަބަބަށްޓަކައެވެ.

މައުމޫން ރިފޯމް މޫވްމަންޓުގެ ނަމުގައި އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ހިންގާ ކޯލިޝަންއާ ގުޅިވަޑައިގެން އެމްއާރްއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ބަދަަލުކުރެއްވީ 2019ގައެވެ. އެ ޕާޓީއަކީ ގައުމު އިސްލާހުކުރުމަށް އުފައްދަވާފައިވާ ޕާޓީއެއްކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ފަހު ވަގުތާ ޖެހެންދެންވެސް ސަރުކާރު ކޯލިޝަން ރޫޅުނަ ނުދީ ދަމަހައްޓަވާނެކަމަށްވެސް އެމަނިކުފާނު ތަކުރާރުކޮށް އެކި ޕޯޑިއަމްތަކުގައި ވިދާޅުވެފައިވެއެވެ.

- ކޮމެންޓް