ކ. މާލެ
|
10 މާރޗް 2021 | ބުދަ 13:29
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް
ފްލެޓް ދިނުމުގައި ވަކި ޕްރޮފެޝަނެއްގެ މީހަކަށް އިސްކަމެއް ނުދެން، އިސްކަން ދޭނީ ހާލަތަށް- މިނިސްޓަރ
 
ކޮންމެ މީހަކީ ވެސް ބޭނުން ޖެހިފައިވާ މީހެއް ކަމުގައި ވާނަމަ އެމީހާގެ ބޭނުމާއި ހާލަތަށް ބެލުމަށްފަހު ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ
 
މިނިސްޓަރ އަސްލަމް ވިދާޅުވީ 11 ޕްރޮޖެކްޓުގެ ޖުމްލަ އެޅޭ ހައުސިންގ ޔުނިޓްތަކުގެ އަދަދަކީ 13،222 ކަމަށް
 
މިހާރު ހިނގަމުންދާ އަދި ކޮންޓްރެކްޓްގައި ސޮއި ކުރެވި އަދި ނެގޯސިއޭޝަން ހިނގަމުންދާ 11 މަޝްރޫއުއެއް އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވި

ވަކި ވަޒީފާއަކަށް, ވަކި ޕްރޮފެޝަނަކަށް, ނުވަތަ ވަކި އުމުރަކަށް ފެތޭތީ މީހަކަށް އެއްޗެއް ދިނުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށާއި ހާއްސަކޮށް ފްލެޓް ދިނުމުގައި އިސްކަން ދޭނީ އެމީހެއްގެ ހާލަތަށް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައއްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ހުޅުވާ ލެވުނު ހިޔާ މަޝްރޫގެ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފްލެޓް ނުލިބޭ ފަރާތްތަކަށް ސަރުކާރުން ބޯހިޔާ ވަހިކަން ފޯރު ކޮށްދިނުމުގައި އެންމެ އެކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭނީ ކޮން އުސޫލަކުންތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އިތުރު ބޯހިޔާވަހިކަން ގާއިމުކުރެވެން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ހިނގަމުންދާ އަދި ކޮންޓްރެކްޓްގައި ސޮއި ކުރެވި އަދި ނެގޯސިއޭޝަން ހިނގަމުންދާ 11 މަޝްރޫއުއެއް އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އޭގެ ތެރެއިން ދެ މަޝްރޫއުއަކީ އަމަލީ މަސައްކަތް ސީދާ ސައިޓުގައި ހިނގަމުންދާ ދެ މަސައްކަތް ކަމަށާއި އަނެއް ދެ މަސައްކަތަކީ އީޕީސީ ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވާ މަސައްކަތް ކަމަށެވެ. އަދި ދެ ކޮންޓްރެކްޓެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޓެންޑަރ ސްޓޭޖުގައި އެބައޮތް ކަމަށާއި ޓެންޑަރ ސަބްމިޓް ކުރުމަށް ވަރަށް ގާތް ވެފައިވާ ކަމަށެވެ. އަދި ދެ ޕްރޮޖެކްޓެއްގެ ފްރޭމްވަރކް އެގްރީމަންޓުގައި ސޮއިކޮށްފައިވާ ކަމަށާއި ފްރޭމްވަރކްގައި ސޮއި ކުރުމަށްޓަކައި ދެ ޕްރޮޖެކްޓެއް ނެގޯސިއޭޝަން ސްޓޭޖްގައި ވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ 11 ޕްރޮޖެކްޓުގެ ޖުމްލަ އެޅޭ ހައުސިންގ ޔުނިޓްތަކުގެ އަދަދަކީ 13،222 ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމުގައި މި ޕްރޮޖެކްޓުތަކުގެ އިތުރަށް އަދި 2000 ހައުސިންގ ޔުނިޓެއް އަޅައި ޖުމްލަ 15،222 ހައުސިންގ ޔުނިޓެއް އެޅުމަށް އަމާޒު ކޮށްގެން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި 5،000 ހައުސިންގ ޔުނިޓެއް އެޅުމަށް އަމަލީ މަސައްކަތް ކުރައްވާނެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކީ ވެސް ބޭނުން ޖެހިފައިވާ މީހެއް ކަމުގައި ވާނަމަ އެމީހާގެ ބޭނުމާއި ހާލަތަށް ބެލުމަށްފަހު ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ފޯމު ހުށަހެޅުމުން އެންމެ ފުރަތަމަ ބަލާނީ އެމީހެއްގެ ހާލަތަށް ކަމަށާއި އަދި އާއިލާގެ ޖުމްލަ ސައިޒަށް ވެސް ބަލާނެ ކަމަށެވެ. އެ ކަންކަމަށް ބެލުމަށްފަހު ދެން ބަލާނީ އެމީހާގެ އާމްދަނީ އަދި އެމީހާ ފެތޭނީ ކޮން ކެޓަގަރީއަކަށް ތޯ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅުންހުރި
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
މަޖިލީހުން ފާސްކުރިޔަސް އެގޮތަށް ފްލެޓް ލިސްޓަށް އަމަލުނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
ސަލަމަތާއި ރައްކާތެރިކަމުގެ ގޮތުން އަދި އެންމެ ހަރަދު ކުޑަގޮތަކީ ވެސް 5 އަހަރުގެ މުއްދަތަށް ޕާސްޕޯޓް އޮތުން - އިމިގްރޭޭޝަން