ކ. މާލެ
|
9 މާރޗް 2021 | އަންގާރަ 14:54
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
ރައްޔިތުންގެ މަޖިލިސް
ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓް
ސްޓެލްކޯގެ ފަރާތުން މުވައްޒަފުންނަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލު މުރާޖަޢާކުރުމަށް އެންގުމަށް އެސްއޯއީ ކޮމިޓީން ހުށަހަޅައިފި
 
ބައެއް ފަރާތްތަކަށް ފުރުޞަތު ހަނިވާގޮތަށް އުސޫލުތައް އެކުލަވާލާފައިވާތީ އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެންނެވުމަށް ނިންމާފައިވޭ
 
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މިކަންކަން ބެލުމަށް އެންގުމަށް ނިންމާފައިވޭ

"ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން މުވައްޒަފުންނަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލު މުރާޖަޢާކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް އެންގުމަށް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީން ހުށަހަޅައިފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޢިމާރާތްކުރާ ފްލެޓްތަކުގެ މައްސަލައާއި މުވައްޒަފުންނަށް ހެލްތް އިންޝުއަރެންސް ދެމުން ގެންދަވާ އުސޫލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ އިއްވާފައެވެ.

މި ރިޕޯޓު އިއްވަމުން އެ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ "ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ޢިމާރާތްކުރައްވާފައިވާ 2 ޢިމާރާތުގެ އެޕާޓްމަންޓްތައް ވިއްކަވާފައިވަނީ ސްޓެލްކޯއިން ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން އަދި ތަފާތު އެކި މަރުޙަލާގެ މަތިން މި ގަވާއިދުތައް ބަދަލު ކޮށްގެން ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ "ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ޢިމާރާތްކުރައްވާފައިވާ 2 ޢިމާރާތުގެ އެޕާޓްމަންޓްތައް ވިއްކަވާފައިވަނީ ސްޓެލްކޯއިން ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން އަދި ތަފާތު އެކި މަރުޙަލާގެ މަތިން މި ގަވާއިދުތައް ބަދަލު ކޮށްގެން ކަމުން، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވީ، އަދި މުވައްޒަފުންގެ ތެރެއިން ބޯހިޔާވެހިކަމުގެ ދަތިކަން ތަޙައްމަލު ކުރަންޖެހިފައިވާ މުވައްޒަފުންނަށް ބޯހިޔާވަހިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހަނިވާ ގޮތަށް ކަމަށް ބެލެވޭތީ، ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތާ އެއްގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ލަފާގެ މަތިން "ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން މުވައްޒަފުންނަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާފައިވާ އުސޫލު މުރާޖަޢާކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ދެންނެވުމަށް.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

މީގެ އިތުރުން ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ޙައްޤުވާ މުވައްޒަފުންނަށް ފްލެޓް ލިބިގެންދާނެ ގޮތަކަށް މުވައްޒަފުންނަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލެވި އުސޫލު މުރާޖަޢާކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހުއްދަ ލިބިގެން މެނުވީ ފްލެޓް ދިނުމުގެ ކަންކަން ކުރިޔަށް ނުގެންދިޔުމަށް ސްޓެލްކޯއަށް އެންގުމާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މިކަންކަން ބެލުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އިތުރަށް ވިދާޅުވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު މަޝްވަރާ ކުރުމަށްފަހު ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ޙައްޤުވާ މުވައްޒަފުން ކަނޑައެޅުމަށްފަހު، ފްލެޓް އިތުރުވާނަމަ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ފްލެޓްތައް ދޭނެ ނިޒާމެއް ކަނޑައެޅުއްވުމަށް ސްޓެލްކޯއަށް ދެންނެވުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އަދި ސްޓެލްކޯގައި މަސައްކަތްކުރާ، ގިނަ ދުވަސްވީ އަދި ބޯހިޔާވެހިކަމުގެ ދަތިކަން ތަޙައްމަލުކުރަން ޖެހިފައިވާ މުވައްޒައްފުންނަށް ބޯހިޔާވެހިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހަނިވާގޮތަށް އުސޫލުތައް އެކުލަވާލާފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެންނެވުން ހިމެނޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޝުއަރެންސް ޚިދުމަތަކީ ރެޖިސްޓަރ ކުރެވިގެން ކުންފުނިތަކުން ދޭ ޚިދުމަތަކަށް ވުމުން، އިން-ހައުސްކޮށް ހެލްތު އިންޝުއަރެންސް ޚިދުމަތް ދިނުމަކީ ބެސްޓް-ޕްރެކްޓިސް ނޫންކަމަށް ކޮމިޓީއަށް ފެންނާތީ، އިން- ހައުސްކޮށް ހެލްތު އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އިންޝުއަރެންސްގެ ޚިދުމަތް ކުރިޔަށް ގެންދިއުމަށް ސްޓެލްކޯއަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް