ކ. މާލެ
|
8 މާރޗް 2021 | ހޯމަ 16:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖެއެމްވީ
ސިފައިންގެ ޤާނޫނަށް އިސްލާހު ގެނައުން
ސިފައިންނަށް ރިޓަޔަރ ކުރެވޭނެ އިތުރު ދެ ގޮތެއް ރިޓަޔަރމަންޓް ގަވާއިދުގައި ހިމެނުމަށް މަޖިލީހުން ފާސްކޮށްފި
 
މިއިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު
 
މިއިސްލާހު ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުން

ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދުގައި ސިފައިންނަށް ރިޓަޔަރ ކުރެވޭނެ އިތުރު ދެ ގޮތެއް ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސިފައިންގެ ޤާނޫނަށް މިއިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ރަޝީދެވެ. މިިއިސްލާހުގައިވަނީ ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބުނާ ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ މާއްދާގެ ށ, އަށް އިތުރު ދެ އަކުރު އިތުރުކުރުމެވެ. އެމާއްދާގެ ށއަކީ ރިޓަޔަރމަންޓް ގަވާއިދުގައި ސިފައިންގެ މީހަކު ރިޓަޔަރ ކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ކަނޑައަޅާފައިވާ މާއްދާއެވެ.

އެމާއްދާއަށް އިތުރުކުރުމަށް އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވަނީ ސިފައިންގެ ފޯސް ސްޓްރަކްޗަރ ދެމެހެއްޓުމާއި ސިފައިންގެ ވަޒީފާގައި އެންމެ ގާބިލް މީހުން ބޭތިއްބުމަށް އިސްކަންދިނުމެވެ.

މިއިސްލާހުގެ ބިލް ދިރާސާކުރި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމާފައިވަނީ މިބިލުން ގެނެވޭ ބަދަލާއެކީގައި ސިފައިންނަށް ރިޓަޔަރކުރެވޭނެ ގޮތްތައް އިތުރަށް ޚަރުދަނާކުރުމަށްޓަކައި ސިފައިންގެ ޤާނޫނަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހު ގެނައުމަށް މަގުފަހިވާނެ ބިލަކަށްވާތީ އެގޮތަށް ބިލަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ.

އެހެންކަމުން ކޮމިޓީން ރިޕޯޓް ހުށަހަޅާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސްއެވެ. ކޮމިޓީގެ މިރިޕޯޓް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައި މިރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން މިހާރު މިގެނައި އިސްލާހާއެކު ދެން ބިލް އޮންނަނީ:

(ށ) ސިފައިންގެ މީހަކު ރިޓަޔަރ ކުރެވޭނެ އަންނަނިވި ގޮތްތައް ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދުގައި ހިމަނަންވާނެއެވެ.

(1) ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުން.

(2) ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއްމަގާމެއްގައި ހުރުން.

(3) ޞިއްޙީ ޙާލަތު ތަންނުދިނުން.

(4) އަމިއްލައަށް އެދިގެން

(5) ސިފައިންގެ ފޯސް ސްޓްރަކްޗަރ ދެމެހެއްޓުމަށް

(6) ސިފައިންގެ ވަޒީފާގައި އެންމެ ގާބިލް މީހުން ބޭތިއްބުމަށް އިސްކަންދިނުން

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
50%
17%
17%
0%
17%
0%
ކޮމެންޓް