ކ. މާލެ
|
5 މާރޗް 2021 | ހުކުރު 09:54
ޕާމާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން
ޕާމާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އިންޓައަށް އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް
 
ޕާމާ އަތުން އިންޓަ މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ 59 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި ހުކުރު ދުވަހުގެރޭ ރެލިގޭޝަން ޒޯނުގައި އޮތް ޕާމާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި އިންޓަ މިލާނުން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޕާމާގެ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، އިންޓައިން ލިޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސިސް ސަންޗޭޒެވެ. އަދި އޭގެ އަށް މިނެޓު ފަހުން ސަންޗޭޒް ވަނީ އިތުރު ލަނޑެއް ޖަހައި، އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި އަޒެވޭޑޯ ޖޫނިއާ ވަނީ ޕާމާއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް އިންޓައިން ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 25 މެޗުން 59 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މިލާނަށް 25 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތިންވަނައިގައި 24 މެޗުން 49 ޕޮއިންޓާއެކުއެވެ. އަދި އިންޓަ އަތުން ބަލިވި ޕާމާ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 25 މެޗުން 15 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް