Advertisement
ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 15:32
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ރާއްޖެއެމްވީ
ފެނަކައިގެ ކޮރަޕްޝަނުގެ ވާހަކަ ދޮގުކުރުން
ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ހިންގާކަމަށް ބުނެ ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް – ފެނަކަ
ކުންފުނީގެ މުވައްޒަފުންގެ ނަޒާހާތްތެރިކަން ކަށަވަރު ކޮށްދެން
މިއީ ކުންފުނިން ހޯދަމުންދާ ކާމިޔާބީތަކަށް ހަސަދަވެރިވާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކެއް

ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ހިންގާކަމަށް ބުނެ ދައްކަނީ އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރާ ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަޚުރުވެރި ރީތި ނަމާއި ކާމިޔާބީތަކާމެދު ހަސަދަވެރި ނިޔަތެއް އޮވެގެން ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް އެއްވެސް ޒިންމާދާރު ކަމެއްނެތި ރޭވުމެއްގެ ތެރެއިން ކުރަމުންދާ ސިލްސިލާ ފިނޑި އަމަލެއް ކަމަށް ފެނަކައިން ބުނެއެވެ.

Advertisement

މި ނޫސްބަޔާނުގައި ފެނަކައިން ވަނީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވުމަށްފަހު، މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ހިދުމަތްތަކެއް ދިނުމަށް ކަމަށާއި، ކުންފުނީގެ މުވައްޒަފުންގެ ނަޒާހާތްތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ފެނަކައިން ބުނީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ކުންފުންޏަކާ ގުޅޭގޮތުން އެކި ފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރަދަނާކަމާއެކު ތަފްސީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކުރައްވައިގެން ކަމުގެ ހަގީގަތް ރައްޔިތުންނަށް ނުއޮޅޭފަދަ ގޮތެއްގައި މައުލޫމާތު އާންމު ކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް