ކ. މާލެ
|
1 މާރޗް 2021 | ހޯމަ 12:50
ޓްރީ ޓޮޕް ހޮސްޕިޓަލް، ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތްތަކުގައި ވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ
ޓްރީ ޓޮޕް ހޮސްޕިޓަލް، ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތްތަކުގައި ވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ
ރާއްޖެއެމްވީ
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަހަރީ ދުވަސް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅުވައިގެން ސިއްޙީ ދުޅަހެޔޮކަމުގެ ޚާއްސަ ޕެކޭޖުތަކެއް!
އޮންލައިން ގެސްޓް ޕޯޓަލް އަދި ފީޑް-ބެކް ޕޯޓަލް ޚިދުމަތް ވަނީ ފަށާފައި
މުވައްޒަފުންނަށް ޚާއްސަ ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދާނެ
މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފައިވޭ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 3 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މުޅިން އާ ޚާއްސަ ޑިސްކައުންޓެއް ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ 3 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މުޅިން އާ ޚާއްސަ ޑިސްކައުންޓެއް ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް ތައާރަފްކުރުމާއި، އޮންލައިން ގެސްޓް ޕޯޓަލް އަދި ފީޑް-ބެކް ޕޯޓަލް ޚިދުމަތް ފެށުމާއި، މުވައްޒަފުންނަށް ޚާއްސަ ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމްއަކާއި، އަދި މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

އެގޮތުން ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10 އިންސައްތަގެ ޚާއްސަ ޑިސްކައުންޓް ލިބޭނެއެވެ. މި ޑިސްކައުންޓް ލިބޭނީ މިމަހުގެ 1 އަކުން 31 ށެވެ.

ތައާރަފް ކުރި ޕެކޭޖްތައް

  • ފިރިހެން ބޭފުޅުންނަށް ޙާއްސަ "ވެލް މޭލް" ޕެކޭޖް
  • 18 – 34 އަހަރުގެ އަންހެން ބޭފުޅުންނަށް ޚާއްސަ "ވެލް ވުމަން"  ޕެކޭޖް
  • 35 އަހަރުން މަތީ އަންހެން ބޭފުޅުންނަށް ޚާއްސަ "ވެލް ވުމަން"  ޕެކޭޖް
  • ދުޅަހެޔޮ ސިއްހަތަކަށް ޚާއްސަ "ހެލްތީ ލިވިން" ޕެކޭޖް
  • ހިތުގެ ބަލިތަކަށް ޙާއްސަ "ހާޓް ސްކްރީނިންގ" ޕެކޭޖް

ޓްރީ ޓޮޕުން ބުނީ ހޮސްޕިޓަލުން މުޅިން އާ ގެސްޓް ޕޯޓަލް އަދި އެޕްގެ ޚިދުމަތް ވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން އޮންލައިން ގެސްޓް ޕޯޓަލް ބެނުންކޮށްގެން ފަސޭކަމާއެކު ބުކިން ހެދުމާއި، ފައިސާ ދެއްކުމާއި، މެޑިކަލް ރެކޯޑް ހިއްސާކުރުން އަދި ހޮސްޕިޓަލާއި މެހެމާނުންނާ ދެމެދު ރައްކާތެރިކޮށް މެސެޖް ފޮނުވޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ގެސްޓް ޕޯޓަލްއަށް ދިއުމަށްhttps://guest.treetophospital.com/loginބޭނުން ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އެޕަލް އެޕްސްޓޯރ ނުވަތަ އެންޑްރޮއިޑް ޕްލޭސްޓޯރއިން ވެސް އެޕް ފޯނަށް ޑައުންލޯޑް ކުރެވޭނެކަން ފާހަގަކޮށް ޓްރީ ޓޮޕުން ބުނީ ހިޔާލު ހޯދުމަށާއި ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އާ ފީޑްބެކް ޕޯޓަލެއް ވެސް ތައާރަފް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތެއް އަދި ސްޕެޝަލްޓީތަކުގެ ޚިދުމަތާ ބެހޭގޮތުން ހިޔާލު ހިއްސާކުރެވޭނެ ކަމަށާއި، އިންތިޒާމްތައް ހަރުދަނާ ކުރުމަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އާ ފީޑްބެކް ޕޯޓަލް އަށް ވަނުމަށްhttps://feedback.treetophospital.comވަނީ އެދިފައެވެ.

މީގެ އިތުރުން ވެސް، އާ ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އުފައްދާފައެވެ. މި ޕްރޮގްރާމް އަމާޒުކުރަނީ ސާނަވީ ތައުލީމް ނިންމާފައިވާ ޒުވާނުން މަސައްކަތުގެ ބާޒާރަށް ނިކުތުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕުން ބުނީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ޚިދުމަތް ލިބިގަތުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަން ހޯދައިދިނުމަށާއި މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަަމަށް ޓްރީ ޓޮޕުން ބުނެއެވެ.

2018 ވަނަ އަހަރު ޚިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތްތަކުގައި ވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއެވެ.

- ކޮމެންޓް