ކ. މާލެ
|
26 ފެބްރުއަރީ 2021 | ހުކުރު 17:31
ޕީޕީއެމް/ޕީއެންސީގެ މުޒަހަރާގެ ތެރެއިން،
ޕީޕީއެމް/ޕީއެންސީގެ މުޒަހަރާގެ ތެރެއިން،
ރާއްޖެއެމްވީ
ޕީޕީއެމް/ޕީއެންސީ މުޒަހާރާ
އިންޒާރު ދިން ނަމަވެސް ގާތްގަނޑަކަށް 40 މީހުންނާއެކު އިދިކޮޅުން މުޒަހާރާއަށް ނުކުމެއްޖެ
މިހާލަތުގައި މަގުމައްޗަށް އެއްވުމަކީ ރައްޔިތުން ނުރައްކަލަކަށް ހުށަހެޅުމަށް ޕީޕީއެމް/ޕީއެންސީން ކުރާ ކަމެއް
މުޒަހާރާއަށް ޒުވާނުން ގެންދަނީ ފައިސާ ދީގެން
މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނޭ

ހެޕްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ ޚިލާފަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ މުޒަހަރާ ކުރަން ނުކުމެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ހަވީރު 4:00ށް އެއްވެފައިވަނީ އެ އޮފީސް ދޮރުމަށްޗަށެވެ.

މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މުޒަހާރާގެ ބައެއް މީހުން ވަނީ ބޮޑުތަކުރުފާނުގެ މަގުގެ އެކިހިސާބުތަކަށް ގޮސްފައެއެވެ. ބައެއް މީހުން މަޖީދީ މަގާއި ބޮޑުތަކުރުފާނުގެ މަގުގެ ކަންމަތީގައި ތިބިއިރު، އަނެއްބައި މީހުން ސޯސަން މަގަށް ވެސް ގޮސްފައިވެއެވެ. ގާތްގަނޑަކަށް 40 މީހުން އެއްވި މިމުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާއިރު، ހިޔާ މަޝްރޫއުގެ ތެރެއިން ފެލެޓް ދޫކޮށްފައިވަނީ ބޭއިންސާފަށް ކަމަށް މުޒަހާރާގެ ބައިވެރިން ބުނެއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ މިމުޒާހަރާތަކަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދާ މުޒަހާރާތަކެއް ކަމަށް ގޮވަމުންދިޔަ ނަމަވެސް ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި މިހެން މަގުމައްޗަށް އެއްވުމަކީ ރައްޔިތުން ނުރައްކަލަކަށް ހުށަހެޅުމަށް ޕީޕީއެމް/ޕީއެންސީން ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންއާ ޚިލާފަށް އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތެއް ނުދޭނެކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ބުނީ މުޒަހާރާއަށް މާލެސިޓީގެ އެކި ހިސާބުތަކަށް ނިސްބަތްވާ ކުދިންނަށް ބޮލަކަށް 150 ރުފިޔާ އާއި 250ރުފިޔާގެ ރޭޓުން ފައިސާ ދީގެން ކަމަށެވެ. މާލެތެރޭގެ މަސްލަހަތު ނަގާލުމުގެ ގޮތުން އެކި ފަރާތްތަކަށް ބޭނުންވާ ފައިސާ އަދި ޒުވާނުން ބޯން ބޭނުންކުރާ އެކި ޒާތުގެ އެއްޗެހި މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭ ކަމަށެވެ.


Advertisement
- ކޮމެންޓް
26 ފެބްރުއަރީ 2021 | ހުކުރު 22:34
raagundaa
kaleymen hithuga jehey varun dheraves vey. ekamaku hinives annaanethaa thioh jahaa surukheethaku. kobaahey kotharukoshi. report eh liyebala ladhu kadaalaafa. kekeke