ކ. މާލެ
|
26 ފެބްރުއަރީ 2021 | ހުކުރު 08:37
ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އިސްމާއިލް ރަފީގް
ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އިސްމާއިލް ރަފީގް
ރާއްޖެއެމްވީ
އެމްޑީޕީ ފުވައްމުލައް ސިޓީ ކެންޑިޑޭޓް
ފުވައްމުލަކު މޭޔަރ ކަމަށް ވާދަކުރާ ކެންޑިޑޭޓް ރަށު ބަހުން ދެއްކެވި ވާހަކަ ތަކުން އެތައް ބައެއްގެ ތައުރީފާއި ލޯބި
 
ކައުންސިލް ހިންގުމުގައި ދެފުށް ފެންނަގޮތްތަކާއި ފަަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްމާޓް ސިޓީއަކާ ދިމާއަށް ދަތުރު ކުރާނަން - ރަފީގް
 
އެންމެ އަވަހަށް ހައްލު ބޭނުންވާ ބައެއް މައްސަލަ ތަކުގެ ތެރޭގައި މަގު ހެދުމާއި، ރަށްގިރުމުގެ މައްސަލަތަކާއި އިޖްތިމާއީ އަދި ސިއްހީ މައްސަލަތައް

'ރަށްވެހި ފަތިސް' ކެމްޕޭން ލޯންޗު ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ވަރޗުއަލްކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގް ވާހަކަދައްކާވާފައި ވަނީ ފުވައްމުލަކުގެ ރީތި އަމިއްލަ ބަހުރުވައިންނެވެ.

އެގޮތުން ފުވައްމުލަށް ސިޓީއަށް ދިމާވެފައިވާ ދަތި ކަންތައްތަކާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން އެންމެ އަވަހަށް ހައްލު ބޭނުންވާ ބައެއް މައްސަލަތަކުގެ ތެރޭގައި މަގު ހެދުމާއި، ރަށްގިރުމުގެ މައްސަލަތަކާއި އިޖްތިމާއީ އަދި ސިއްހީ މައްސަލަތައް ވަނީ ފާހަގަކުރައްވާފައެވެ. އިސްމާއިލް ރަފީޤް އިތުރަށް ވިދާޅުވެފައިވަނީ ފުވައްމުލަށް އިތުރަށް އިޝްތިހާރުކޮށް ޕްރޮމޯޓް ކުރަންޖެހޭކަމަށާއި މަސްވެރިންނަަށް ބާނާ މަސް ކިރޭނެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިގެންދިއުމާއި ދަނޑުވެރިކަން ކުރިއަރުވާ ހާއްސަކޮށް ގަސްތަކަށްޖެހޭ ބަލިތައް ދެނެގަނެ އެބަލިތައް ނައްތާލުމަށް ކައުންސިލުން އެއްބާރުލުން ދެއްވާނެކަމަގެ ޔަޤީންކަން ދެއްވާފައެވެ.

ރަށުގެ ޒުވާނުން ވަޒީފާގެ ގިނަ ފުރުސަތުތަކަށް އެދި އެދި ތިބިކަމަށާއި މިކަން ހުޅުވިގެންދާނީ އިޤްދިސާދީ ހަރަކާތްތަށް އިތުރުކޮށްގެންކަމަށާއި އެފަދަ ކަންތައްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް ވެސް އިސްމާއިލް ރަފީޤް ވިދާޅުވިއެވެ. އަދި ކައުންސިލް ހިންގުމުގައި ދެފުށް ފެންނަގޮތްތަކާއި ފަަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްމާޓް ސިޓީއަކާ ދިމާއަށް ދަތުރުކުރައްވާނެ ކަމަށް ވެސް އިސްމާއިލް ރަފީޤް ވިދާޅުވިއެވެ.

އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރަށް އިތުބާރު އޮތްމިންވަރު ބެލުމަށް ނެގިގެންދާނެ ވޯޓެއްނޫން ކަމަށާއި އަދި ބަދަލުހިފުމެއް ނޫންކަމަށާއި މި އިންތިހާބަކީ ރަށުގެ މެނޭޖްމަންޓް ޓީމެއް ނުވަތަ ރަށުގެ މެނޭޖަރެއް އަދި މޭޔަރެއް ހޮވުމަށް ބާއްވާ އިންތިހާބެއްކަމަށް ވިދާޅުވެ އިސްމާއިލް ރަފީޤްވަނީ ސަރުކާރުގެ ވައުދުތަށް ފުއްދުމަށް ހާއްސަކޮށް ފުވައްމުލަކު ރައްޔިތުންގެ ވިންދާއި އިހްސާސްތަކާ އެއްގޮތަށް ކައުންސިލް ހިންގުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓްދެއްވުމަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
5%
73%
0%
16%
3%
3%
ކޮމެންޓް
26 ފެބްރުއަރީ 2021 | ހުކުރު 12:11
ފުވައްމުލައް މޭން
އިއްސެ މެނިފެސްޓޯއެއް ހަދައި އެކި ފަހަރުމަތިން މެނިފެސްޓޯއަޕްޑޭޓް ކުރަމުންދިޔަ! އިއްސެގެ މެނިފެސްޓޯގައި ނެތް ފުވައްމުލައް ޕީޕީއެމް އިން ނެރުނު މެނިފެސްޓޯގަ ހުރި ވާހަކަތަކެއް ދެއްކީ! އެމްޑީޕީއިން ކުރިޔަސް ލަދުވެތި ކަމެއް މިއީ!
26 ފެބްރުއަރީ 2021 | ހުކުރު 10:34
Rahdhu
Haqeegathugaives Issey akee khulgu heu, meehunna eheetheri hihthiri rangalha beyfulheh. Mikan iIssey ge faraathen fenoonee adheki, iyyeki nun. Maakurienas mikan aaee fenemun. Dhefaraathen gadharoveri ilmee thanavas aailaakun aas Issey akee kibburu verikanmaa bondaakan neh v rangalha insaaneh.