ކ. މާލެ
|
2 މެއި 2017 | އަންގާރަ 17:40
ބާހުބަލީ
ބާހުބަލީ
ގޫގުލް
ބާހުބަލީ
"ބާހުބަލީ" ގެ އެކްޓަރުގެ އެއްލޮލަށް ނުފެންނަކަން އެނގޭތަ؟
އޭނާގެ އުމުރުން ވަރަށް ކުޑައިރު ކަނާތު ލޮލަށް ނުފެންނާތީ އޮޕަރޭޝަނެއް ކުރި

"ބާހުބަލީ" އާއި "ބާހުބަލީ 2" ގެ އެކްޓަރ ރާނާ ދަގުބަތީ ގެ އެއްލޮލަށް ނުފެންނަ ކަމަށް އޭނާ ބުނެފިއެވެ.

ޓޯކްޝޯއެއްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ އޭނާއަކީ ހަށިގަނޑުން ބިޔަ ވަރުގަދަ މީހެއް ކަމަށް މީހުންނަށް ފެނުނަސް އޭނާއަކީ ހަގީގަތުގައި ވަރަށް ބޮޑު ނުކުޅެދެންތެރިކަން ހުންނަ މީހެއް ކަމަށެެވެ.

އޭނާގެ ކަނާތު ލޮލަށް ނުފެންނަ ކަމަށް ރާނާ ބުންޏެވެ. އަދި މިހާރު އޭނާގެ ކަނާތު ލޮލަކީ މީހަކު މަރުވަމުން އޭނާއަށް ހަދިޔާ ކޮށްފައިވާ ލޮލެއް ކަމަށް ރާނާ ބުންޏެވެ.

ލޮލަށް ނުފެނުނު ނަމަވެސް އެއީ މީހާގެ ބަލިފައެއް ކަމަށް ނުދެކުމަށް ލޮލަށް ނުފެންނަ މީހުންނަށް ހިތްވަރު ދެމުން ރާނާ ވަނީ އެފަދަ މީހުންނަށް އެހީތެރިވެދޭން އޭނާ ތައްޔާރަށް ހުރިކަން ހާމަކޮށްފަ އެވެ.

ރާނާ ވަނީ އޭނާގެ އުމުރުން ވަރަށް ކުޑައިރު ކަނާތު ލޮލަށް ނުފެންނާތީ އޮޕަރޭޝަނެއް ކުރި ކަމަށް ބުނެފަ އެވެ.

ރާނާ ވަނީ ތެލަގޫ ފިލްމުތައް ކުޅުމުގައި 8 އަހަރު ހޭދަކޮށްފައެވެ. އޭނާ ކުޅެފައިވާ "ބާހުބަލީ" އަދި "ބާހުބަލީ 2" ގެ އެކްޓިންއަކީ ބެލުންތެރިން ތައުރީފު ކުރާ އެކްޓިންއެކެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ސިނަމާތަކަށް ހުކުރު ދުވަހު ވަނީ އައިސްފައެވެ.

- ކޮމެންޓް