ކ. މާލެ
|
2 މެއި 2017 | އަންގާރަ 17:22
ލެސްޓަރ ސިޓީގެ ގޯލް ކީޕަރު ކެސްޕަ ޝްމައިކަލް
ލެސްޓަރ ސިޓީގެ ގޯލް ކީޕަރު ކެސްޕަ ޝްމައިކަލް
ގޫގުލް
ޝްމައިކަލް ޔުނައިޓެޑަށް
ޝްމައިކަލް ހޯދުމުގެ މަސައްކަތް ޔުނައިޓުން ފަށައިފި
ޝްމައިކަލް އަތުވެދާނެ ކަމަށް ބެލެވޭ
އެޖެންޓް ބަދަލުވުމުގެ ފައިދާ އެބައޮތް
ޝްމައިކަލަކީ ލިސްޓަށް އެންމެފަހުން އިތުރުވި ކީޕަރު

މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑް ޕީޓަރ ޝްމައިކަލްގެ ދަރިފުޅު އަދި ލެސްޓަރ ސިޓީގެ ގޯލް ކީޕަރު ކެސްޕަރ ޝްމައިކަލް ހޯދުމުގެ މަސައްކަތް ޔުނައިޓުން ފަށައިފިއެވެ.

 

ޝްމައިކަލް ހޯދުމުގެ މަސައްކަތް ޔުނައިޓުން ފަށާފައި މިވަނީ އެކުލަބުގައި މިހާރު ތިބި ކީޕަރުން މި ސީޒަނަށް ފަހު އެހެން ކުލަބު ތަކަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ.

 

އެގޮތުން މިހާރު ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ސްޕެއިންގެ ޑޭވިޑް ޑެހެއާ ލަލީގާގެ ރެއާލް މެޑްރިޑްއަށް ބަދަލުވެދާނެ ކަމުގެ އިޝާރާތަކެއް ލިބިފައިވާ އިރު، ބަދަލު ކީޕަރު ސާޖިއޯ ރޮމޭރޯ އިޓަލީގެ އިންޓަރ މިލާންއަށް ބަދަލުވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

 

މީގެ އިތުރުން ޑެހެއާ ގެންދިޔުމުގެ ސްޕެއިންގެ ރިއާލް މެޑްރިޑުން ފަށާފައިވާ މަސައްކަތް ދެގުނަ އިތުރު ކޮށްފައިވާއިރު، އިންޓަރ މިލާންގެ ފުރަތަމަ އެގާރައިން ރޮމޭރޯއަށް ޖާގަ ލިބުމަކީ ޔުނައިޓެޑުން ވިސްނާނެ ކަންކަމެވެ.

 

ޝްމައިކަލްއަކީ ޔުނައިޓެޑުން ފާރަލަމުން އަންނަ ކީޕަރުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ކުޅުންތެރިޔާއެވެ. އަދި ޝްމައިކަލް ވެސް ވަނީ އޭނާގެ ބައްޕަގެ ކާމިޔާބު ކެރިއަރުގައި ބޮޑު ހިއްސާއެއް އަދާކުރި ޔުނައިޓެޑަށް ކުޅެން ބޭނުންވާކަން ހާމަކޮށްފައެވެ.

 

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޝްމައިކަލް ހޯދުމަށް ޔުނައިޓުން ވަނީ އޭނާ އެޖެންޓާއި ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ. ނަމަވެސް ޔުނައިޓެޑްގެ އެއްވެސް ހުށަހެޅުމަކަށް ޝްމައިކަލްގެ އެޖެންޓް އެއްބަސް ނުވުމުން މަޝްވަރާތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

 

ޔުނައިޓެޑް ޝްމައިކަލް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އާ އުންމީދެއް ލިބިގެންދިޔައީ ދާދި ފަހުން ޝްމައިކަލް އޭނާގެ އެޖެންޓުވަކިކޮށް އެހެން އެޖެންޓެއް ހޯދުމުންނެވެ.

 

ކެސްޕާގެ އައު އެޖެންޓެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ ޔުނައިޓެޑާއި ގާތް ގުޅުމެއް އޮންނަ އިޓްލީގެ ލުކާ ބަޝިރީނީއެވެ.

 

މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން ވާދަވެރި މެންޗަސްޓަރ ސިޓީންވެސް ވަނީ ޝްމައިކަލް ހޯދުމުގެ ރޭހަށް ގުޅިފައެވެ. މި ދެޓީމުގައިވެސް މިވަގުތު ކީޕަރުންގެ މައްސަލަވަނީ ކުރިމަތިވެފައެވެ.

 

ސިޓީގެ ގޯލް ކީޕަރު ބްރާވޯއަށް އަނިޔާވުމުގެ އިތުރުން އޭނާ ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން މިސީޒަނަށްފަހު ސިޓީން އޭނާ ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

 

އެގޮތުން ބްރާވޯގެ ބަދަލުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ނަވާސް ހޯދުމުގެ މަސައްކަތް މެންޗެސްޓާ ސިޓީން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ޝްމައިކަލް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަމުން އަންނަ އިރު އެކުލަބުން މީގެ ކުރިން ވަނީ އޭސީ މިލާންގެ ގޯލް ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި އިންޓަމިލާންގެ ގޯލް ކީޕަރު ސަމިރް ހެޑަނޮވިޗްގެ އިތުރުން އެތްލެޓިކޯގެ އޮބްލަކް ހޯދުމުގެ މަސައްކަތް ވެސް ޔުނައިޓުން ކޮށްފައި ވެއެވެ.

- ކޮމެންޓް