ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 07:18
ފިލިޕީންސްގެ ސެނެޓަރ ލެއިލާޑެލެއިމާ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ޖަމުޢިއްޔާތަކުން ދަނީ އެކަމަނާ މިނިވަން ކުރުމަށް ގޮވާލަމުން
ފިލިޕީންސްގެ ސެނެޓަރ ލެއިލާޑެލެއިމާ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ޖަމުޢިއްޔާތަކުން ދަނީ އެކަމަނާ މިނިވަން ކުރުމަށް ގޮވާލަމުން
ޕަރލިމެންޓޭރިއަން ފޯ ގްލޯބަލް އެކްޝަން
ލެއިލާޑެލެއިމާ މިނިވަންކުރުމަށް ގޮވާލުން
ލެއިލާޑެލެއިމާ މިނިވަން ކުރުމަށް ގޮވާލައި ސޮއިކުރާ ޕެޓިޝަންގައި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ސޮއިކުރައްވައިފި
ލެއިލާޑެލެއިމާ ޖަލުގައި ހުންނެވީ ނުހައްގުން
ރައީސް ނަޝީދު މިމަސައްކަތުގައި ދެއްވި އެއްބާރުލުން ފާހަގަކުރެއްވި
77 މެމްބަރުން ސޮއިކުރައްވާފައިވޭ

ޕަރލިމެންޓޭރިއަން ފޯ ގްލޯބަލް އެކްޝަންއިން ފިލިޕިންސްގެ ސެނެޓަރ ލެއިލާޑެލެއިމާ މިނިވަންކުރުމަށް ގޮވާލައި ސޮއިކުރާ ޕެޓިޝަންގައި ރައްޔިތުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ސޮއިކުރައްވައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ލެއިލާޑެލެއިމާ މިނިވަން ކުރުމަށް ގޮވާލައި ސޮއިކުރުމަށް ދާ ޕެޓިޝަންގައި 77 މެމްބަރުން ސޮއިކުރައްވާފައިވާ ކަމަށެވެ. ސޮއިކުރެއްވި މެމްބަރުންގެ އިތުރުން ޚާއްސަ ގޮތެއްގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިމަސައްކަތުގައި ދެއްވި އެއްބާރުލުން މެމްބަރު ރޮޒެއިނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް ނަޝީދަކީ ހައްގު ހޯދުމަށް މަސައްކަތް ކުރެއްވުމުގެ ސަބަބުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށް މެމްބަރު ރޮޒެއިނާ ވިދާޅުވިއެވެ.

ޖުޑިޝަރީގެ ސެކެޓްރީގެ މަގާމުގައި ލެއިލާޑެލެއިމާ ހުންނެވިއިރު ޑްރަގް ޑީލަރެއްގެ އަތުން ފައިސާ ނެގިކަމުގެ ތަހުމަތުގައި ހައްޔަރުކުރީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ގައެވެ.

މިމައްސަލައާ ގުޅިގެން ޕަރލިމެންޓޭރިއަން ފޯ ގްލޯބަލް އެކްޝަންއިން ބުނެފައިވަނީ އެކަމަނާ ހައްޔަރުކޮށްފައިވަނީ ސިޔާސީ ގޮތުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި 4 އަހަރު ޖަލުގައި ހުންނެވީ ނުހައްގުން ކަމަށެވެ.

- ކޮމެންޓް
25 ފެބްރުއަރީ 2021 | ބުރާސްފަތި 15:40
Ibrahim Saeed
I wonder why Maldivian zoologists are supporting convicted corrupt figure?