ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 07:03
ކަޝްމީރުގައި ބޭއްވި ވޮލީބޯލް ލީގުގެ ތެރެއިން
ކަޝްމީރުގައި ބޭއްވި ވޮލީބޯލް ލީގުގެ ތެރެއިން
އިންޑިއާ ޓައިމްސް
ޖޭކޭ ސްޕޯޓްސް ކައުންސިލް
ކަޝްމީރުގައި ފުރަތަމަ ފަހަރަށް އިންޑޯ ވޮލީބޯލް ލީގެއް ބާއްވައިފި
 
ކަޝްމީރުގެ ޒުވާނުން ހަނގުރާމައިގެ ދުވަސްތައް ހަނދާނުން ފޮހެލާން ޖެހޭ
 
މި މުބާރާތުގައި 8 ޓީމެއް ވަނީ ބައިވެރިވެފައި

އިންޑިއާގެ ކަޝްމީރުގައި ޖޭކޭ ސްޕޯޓްސް ކައުންސިލުން އިސްނަގައިގެން ފުރަތަމަ ފަހަރަށް އިންޑޯ ވޮލީބޯލް ލީގެއް ބާއްވައިފިއެވެ.

ކަޝްމީރުގެ އިންޑޯ ސްޕޯޓްސް ހޯލުގައި ބެއްވި ވޮލީ ލީގުގައި 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ޖޭކޭ ސްޕޯޓްސްއިން ބުނީ މި ލީގަކީ ކުރިޔަށް އޮތް ތަނުގައި ވެސް ކަޝްމީރުގައި ކުރިޔަށް ގެންދާނެ ލީގެއް ކަމަށާއި، މިއީ ކަޝްމީރުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ފުރުސަތުތަކެއް ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައި ބޭއްވި މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތަށް ލިބުނު ތަރުހީބު ރަނގަޅު ކަމަށް ވެސް ޖޭކޭ ސްޕޯޓްސްއިން ބުނެއެވެ.

ކަޝްމީރުގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ކުޅިވަރުގެ މިފަދަ ގިނަ ހަރަކާތްތަކެއް މުސްތަގުބަލުގައި ކަޝްމީރުގައި ބޭއްވިގެންދާނެ ކަމަށާއި، ހަނގުރާމައިގެ ދުވަސްތައް ކަޝްމީރުގެ ޒުވާނުން ހިތުން ފޮހެލަން ޖެހޭ ކަމަށެވެ. އަދި ކަޝްމީރުން އިންޑިއާގެ ޓޮޕް ލެވެލް ކުޅުންތެރިން އުފެދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ކުޅިވަރުގެ ހަރަކާތްތައް ބޭއްވުން ކަޝްމީރުގައި މަނާކޮށްފައި އޮންނަތާ ނުވަ މަސް ފަހުން ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އެއާއެކު ކަޝްމީރުގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބޭއްވިގެންދިޔައިރު، މި މަހުގެ 5 ވަނަ ދުވަހު އެގައުމުގައި ފުރަތަމަ ފަހަރަށް ވަނީ ސްނޯގައި ކްރިކެޓް މުބާރާތެއް ވެސް ބާއްވައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
0%
0%
50%
0%
ކޮމެންޓް