މިހާރު ކުރިއަށްދާ ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ދަތުރު ކޮށްފިއެވެ.
ބީއެމްއެލް ސެމީއަށް ދަތުރުކުރީ ހޯމަ ދުވަހުގެ ރޭ ސްޓެލްކޯއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލު މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމުވެސް ހަމަހަމަކޮށް އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ތަށި ދިފާއުކުރުމަށް ނުކުތް ބީއެމްއެލްއަށް ސްޓެލްކޯގެ ފަރާތުން ވަރުގަދަ ފައިޓެއް ވަނީ ދީފައެވެ. އެގޮތުން ބީއެމްއެލް އިން ލަނޑެއްޖަހައިފައި ވަނިކޮށް ސްޓެލްކޯ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެޓީމު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ބީއެމްއެލް ކުރިހޯދީ 2-3 ގެ ނަތީޖާ އަކުންނެވެ.
އެއްވެސް މެޗަކުން ބަލިނުވެ ސެމީއަށް ދަތުރުކުރި ބީއެމްއެލް ޓީމުގައިވެސް ރާއްޖޭ ފުރަތަމަ ޑިވިޒަނަށް ކުޅޭ ކުޅުންތެރިންނާ ރާއްޖޭގައި ފުޓްސަލް ކުޅޭ މޮޅެތި ކުޅުންތެރިން ހިމެނެއެވެ.
އެމްޕީއެލް އިން ސެމީގެ ޖާގައެއް ކަށަވަރުކުރީ އެސްޓީއޯގެ މައްޗަށް ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ވާދަކުޅުމެއް ފެނިގެންދިޔަ މެޗުގައި އެމްޕީއެމް ކުރި ހޯދީ 3-6 ގެ ނަތީއާކުންނެވެ.
އެމްޕީއެލް އަކީ މި ކުލަބް މޯލްޑިވްސް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ސެމީގައި އެމްޕީއެލް ވާދަކުރަން ޖެހޭނީ ބީއެމްއެލްއާއެވެ.