ކ. މާލެ
|
2 މެއި 2017 | އަންގާރަ 12:58
ހައުސިން މިނިސްޓްރީއާ އެމްއޭސީއެލް ބައްދަލުކުރި މެޗުގެ ތެރެއިން
ހައުސިން މިނިސްޓްރީއާ އެމްއޭސީއެލް ބައްދަލުކުރި މެޗުގެ ތެރެއިން
ސަން އޮންލައިން
ކުލަބް މޯލްޑިވްސް
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް
އެމްއާރުޑީސީ އެއްވެސް މެޗަކުން ބައްޔެއް ނުވޭ
ފުރަތަމަ ޑިވިޒަނުގެ ގިނަ ކުޅުންތެރިންތަކެއް

ރާއްޖެގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލަށް އެމްއާރްޑީސީ އާ އެމްއޭސީއެލް ދަތުރުކޮށްފިއެވެ.

 

އެމްއާރްޑީސީ ސެމީ ފައިނަލުން ޖާގަ ހޯދީ ހޯމަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އެލައިޑް އިންޝުއަރެންސް ބަލިކުރުމަށްފަހުއެވެ.

 

އެކުވެނި ވެލިދަނޑުގައި ކުޅުނު މިމެޗު އެމްއާރްޑީސީން ކާމިޔާބުކުރީ 6-2 ލަނޑުންނެވެ. މިމޮޅާއެކު އެމްއާރްޑީސީން ސެމީގެ ޖާގައެއް ކަށަވަރުކުރީ އެއްވެސް މެޗަކުން ބަލިނުއެވެ.

 

މި މުބާރާތުގައި އެންމެ ވަރުގަދަކޮށް ޓީމެއްގެ ގޮތުގައި ފެންނަ އެމްއާރްޑީސީ އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ.

 

ރޭގެ މެޗުގައި އެމްއާރްޑިސީއަށް ކުޅޭ ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ(މެސީ) އާ ޓީސީގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) ގެ ކުޅުން ފާހަގަކޮށްލެވެއެވެ.

 

ނާފިއު ދެ ލަނޑު ޖަހައިދިން އިރު މެސީ ވެސް ލަނޑެއް ޖަހައިދީފައިވެއެވެ. އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ވިކްޓަރީގެ ކުޅެމުން އަންނަ ހަސަން އަދުހަމް (ސަޑޭ) އަހްމަދު ރައްޔާނާއި ހުސައިން ފަޔާޒްއެވެ.

 

އެމްއޭސީއެލް އިން ހައުސިންގެ މައްޗަށް ކުރިހޯދީއިރު 6-3 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ނިއުރޭޑިއަންޓާއި ޤައުމީޓީމުގައި ހިމެނޭ މުހައްމަދު ރަޝީދު (ހޮކޭ) ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ.

 

އެމްއޭސީއެލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިޔާން، ސައްޔާހް އައްބާސް އަދި އަހްމަދު ނާސިހުއެވެ.

 

ސެމީ ފައިނަލުގައި އެމްއޭސީއެލްއަށް ވާދަކުރަންޖެހޭނީ އެމްއާރްޑީސީ އާއެވެ.

- ކޮމެންޓް