ކ. މާލެ
|
21 ފެބްރުއަރީ 2021 | އާދީއްތަ 10:00
އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ
އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ
ރާއްޖެއެމްވީ
ކޮވިޑް-19
ދަރުބާރުގެއިން ކޮވިޑް-19 ކްލަސްޓަރއެއް ފެނިއްޖެ
ދަރުބާރުގެއިން ޕޮޒިޓިވްވީ 6 މީހުން
އެ ކޭސްތަކާ ގުޅިގެން 29 ކޮންޓެކްޓް ފެނިފައިވޭ

ދަރުބާރުގޭގައި މަސައްކަތްކުރާ އެޗްއީއޯސީ ސްޓާފުންގެ ތެރެއިން ކޮވިޑް-19 ގެ ކްލަސްޓަރއެއް ފެނިފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ، އެޗްއީއޯސީގެ މަސައްކަތުގައި ދަރުބާރުގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެސް ކޮވިޑް-19ގެ ކްލަސްޓަރއެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އެ ކްލސްޓަރ ގައި ދަރުބާރުގެއިން ހަ މިހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި 29 ކޮންޓެކްޓުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރުބާރުގޭގައި މިހާރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށާފައިވާތާ މަހެއްހާ ދުވަސްވެފައިވާއިރު ކޭސްތަކުގެ އަދަދު ވެސް އުޅެނީ 100ން މަތީގައެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަނި ވެސް ރާއްޖެއިން 145 ކޭސް ފެނުނު އިރު އޭގެ ތެރެއިން 89 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން އިރު އޮއްސި ހައެއްގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11ގެ ފަހުން ކާފިއު ވެސް ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު ވަނީ މާސްކު އެޅުން މަޖުބޫރުކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ހަލުވިކަމާއެކު ފެތުރެން ފަށާފައި ވަނީ ރާއްޖޭގައި ކޮވިޑް-19ގެ އައު ވޭރިއަންޓް ފެތުރެމުންދާތީ ކަމަށެވެ. އެގޮތުން އަތޮޅުތެރެއިން ވެސް ކޮވިޑް-19ގެ އައު ވޭރިއަންޓް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނި އިރު، ރާއްޖެއިން ފެނުނު ކަމަށް ލަފާ ކުރަނީ ޔޫކޭ ވޭރިއަންޓެކެވެ.

- ކޮމެންޓް