ހެކިބަސްދޭ ފުލުހުން "ކޮށާލާނެކަމަށް" ބުނެ ޗެނަލް 13ށް އިންޓަރވިއު ދިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޓީވީ ޗެނަލަކުން ގެނެސްދިންއިންޓަރވިއުއެއްގައިފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރު ދެއްކި މައްސަލައެއްގައި ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހުގެ ރޭ 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ގ.ރަންހިރި އަބްދުއްސަމަދުއެވެ.
ޗެނަލް13ށް ދިން އިންޓަރވިއުއެއްގައި އަބްދުއްސަމަދު ބުނެފައިވަނީ ޖަލުގައި ބަންދުކުރީ ދޮގު ހެކި ދީގެންކަމަށާއި ފުލުހުންގެ ތެރެއިން ބަޔާން ދިން މީހުން ވަކިވަކިން އެނގޭކަމަށެވެ.
"ހަނދާންކުރާތީ އެމީހުން، އެމީހުންނާއި އަރާހަމަވާނެ ހައްގު، އަރާ ހަމަވާއިރު ހަމަ ޖަލުގެ ތޭރިތަކަށް އެމީހުންދާނެ ކަމީ ޝައްކެއް ވަސްވާހެއް އޮތް ކަމެއްނޫން" އިންޓަރވިއު ދެމުން އަބްދުއްސަމަދު ބުނެފައިވެއެވެ.
އަބްދުއްސަމަދު އިތުރަށް ބުނީ ދެން އުފެދޭނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވެރިކަމެއްކަމަށެވެ.
އެވެރިކަމަށް އައުމަށްފަހުގައި ވަކިވަކިން ކޮށާލާނަން އެމީހުން. މިބުނީ ވަކިވަކިން ކޮށާލާނަން އެމީހުންއަބްދުއްސަމަދު
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ މާލޭގައި ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ. ކޮވިޑް-19ގެ ހާލަތުގައި މާލޭގައި 10 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށްފައި ވަނިކޮށްވެސް ހުކުރު ދުވަހު ވަނީ އިދިކޮޅުން މާލޭގައި މުޒާހަރާކޮށްފައެވެ.