ކޮވިޑް-19ގެ ވެކްސިން ޖެހިފަހުން އުމުރުން ދުވަސްވީ މީހަކު ނިޔާވުމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މިމަހުގެ 17 ވަނަ ދުވަހު ވެކްސިން ޖެހިފަހުން ނިޔާވީ 93 އަހަރުގެ އުމުރުން ދުވަސްވީ ފިރިހެނެކެވެ.
އެޗްޕީއޭއިން ބުނީ މި މިހާގެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށާއި، އެމައުލޫމާތު އާއްމު ކުރާނެ ކަމަށެވެ. އަދި މި މީހާއަކީ 10 އަހަރު ވަންދެން އެނދުމަތިވެފައިވާ މީހެއް ކަމަށާއި، ތަފާތު އެކި ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވީ ގދ. ގައްދޫ މީހެކެވެ. މި މީހާގެ ހާލަތު ގޯސްވުމާ ގުޅިގެން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދީފައި ވެސް ވެއެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އޭގެފަހުން އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ގަޔަށް ދަނީ ވެކްސިން ޖަހަމުންނެވެ.