ކ. މާލެ
|
18 ފެބްރުއަރީ 2021 | ބުރާސްފަތި 00:16
ޕާކިސްތާނުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔޫސުފް އަލީ ޚާން
ޕާކިސްތާނުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔޫސުފް އަލީ ޚާން
-
ޔޫސުފް އަލީ ޚާން ހައްޔަރު ކުރުން
ޕާކިސްތާނުގެ އެކްޓިވިސްޓު ޔޫސުފް އަލީ ޚާން ހައްޔަރު ކޮށްފި
 
ޔޫސުފް ހައްޔަރުކުރީ ލަންޑަންގައި ހުރެ އާންމުކުރި ވީޑިއޯއަކާއި ގުޅިގެން

ޕާކިސްތާނުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔޫސުފް އަލީ ޚާން ހައްޔަރު ކޮށްފިއެވެ.

ޕާކިސްތާނު ސަރުކާރުން ޔޫސުފް ހައްޔަރުކުރީ ލަންޑަންގައި ހުރެ އާންމުކުރި ވީޑިއޯއަކާއި ގުޅިގެންނެވެ. އެ ވީޑިއޯގައި ޔޫސުފް ވަނީ ޕާކިސްތާނުގެ ސަރުކާރުން އެކަށީގެންވާ މުސާރަ މުވައްޒަފުންނަށް ނުދޭ ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަތައް ވަރަށް އަވަށް ފަޅާއަރުވާލާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލަންޑަންގައި ދިރިއުޅެމުން އަންނަ ޚާން ހައްޔަރުކުރީ އޭނާގެ އާއިލާ މީހެއްގެ ޖަނާޒާއަށް ޕާކިސްތާނަށް ދިޔުމުންނެވެ.

ޕާކިސްތާނު ސަރުކާރުން ޔޫސުފް ހައްޔަރު ކުރުމާއި ގުޅިގެން ހިއުމަން ރައިޓްސް ގްރޫޕްތަކުން އަންނަނީ އެކަން ކުށްވެރި ކޮށްފައެވެ. އަދި މިއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ކަޅު ދުވަހެއްގެ ގޮތުގައި ހިއުމަން ރައިޓްސްއަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިންވެސް ޕާކިސްތާނު ސަރުކާރުން ވަނީ ޔޫސުފް ހައްޔަރު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު އެކަން ކާމިޔާބު ނުވީ އިނގިރޭސިވިލާތުން ޔޫސުފަށް ހިމާޔަތް ދިނުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
25%
0%
75%
0%
0%
0%
ކޮމެންޓް