ކ. މާލެ
|
2 މެއި 2017 | އަންގާރަ 01:21
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކުޑަހެންވޭރު ޔުނައިޓެޑް ކުޅުނު މެޗެއްގެ ތެރެއިން
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކުޑަހެންވޭރު ޔުނައިޓެޑް ކުޅުނު މެޗެއްގެ ތެރެއިން
ފޭސްބުކް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރ
ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް
ޖޭޖޭ ސްޕޯޓްސްގެ މައްޗަށް ކުޑަހެންވޭރުން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުން
އަންގާރާ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ޒެފްރޯލް އާއި ބީޖީ ސްޕޯޓްސް ކުލަބް

ސެކަންޑް ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކުޑަހެންވޭރު ޔުނައިޓެޑުން ޖޭޖޭ ސްޕޯޓްސް ކްލަބް ގެ މައްޗަށް ކުރިހޯދައިފިއެވެ.

ކުޑަހެންވޭރުން ޖޭޖޭގެ މައްޗަށް ކުރިހޯދީ ހޯމަ ދުވަހު އެފްއޭއެމްގެ ޓާފް ދަނޑުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މެޗުގައި ޖޭޖޭ ސްޕޯޓްސް އަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު ލަނޑެއް ކާމިޔާބުކުރަން ލިބުނު މަދު ފުރުސަތުތަwqވެސް އެޓީމުން ވަނީ ނަގާލާފައެވެ.

ކުޑަހެންވޭރުން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ލިބުނު ޕެނަލްޓީއަކުން އެޓީމަށް މި ލަނޑު  ކާމިޔާބު ކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ދަ ސިލްވާ އެވެ. އެއާއެކު ފުރަތަމަ ހާފް ނިމުނީ ކުޑަހެންވޭރު ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެންވެސް އެޓީމުން ވަނީ މޮޅަށް ކުޅެ ލީޑު ފުޅާ ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެޓީމަށް ލީޑު ފުޅާކުރެވޭ ވަރުވީ މެޗުގެ ވަރަށް ފަހިުކޮޅުގަ އެވެ. 86 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނާފިޒް އެވެ.

މުބާރާތުގައި ދެން މެޗެއް ކުޅޭނީ އަންގާރަ ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކްލަބް ޒެފްރޯލް އާއި ބީޖީ ސްޕޯޓްސް ކުލަބެވެ.

- ކޮމެންޓް