ކ. މާލެ
|
17 ފެބްރުއަރީ 2021 | ބުދަ 21:46
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތްގެ ފިރިކަލުން ޕްރިންސް ފިލިޕް
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތްގެ ފިރިކަލުން ޕްރިންސް ފިލިޕް
ރޮއިޓަރސް
ޕްރިންސް ފިލިޕް އެޑްމިޓް ކުރުން
ހާލުކޮޅު ދެރަވެ، ޕްރިންސް ފިލިޕް އެޑްމިޓްކޮށްފި
 
ހޮސްޕިޓަލުގައި އެޑްމިޓްވެ ވަޑައިގެންނަވަން ނިންމެވީ ޑޮކްޓަރުންގެ ލަފާގެ މަތިން
 
ފިލިޕްގެ އުމުރުފުޅުން 99 އަހަރު
 
ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވީ ކޮވިޑް-19ށް ޕޮޒެޓިވެވެގެން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް

އިނގިރޭސީ ރާނީ ކުއީން އެލިޒަބަތްގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕްރިންސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނީ ފިލިޕް ހޮސްޕިޓަލަށް ވަޑައިގެންނެވީ އަމިއްލަފުޅު ކާރުކޮޅުގައި ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފާގެ މަތިން ފިލިޕްގެ ހާލުކޮޅު ހުރިގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްވެ ވަޑައިގެންނަވަން ނިންމެވީ ކަމަށް ޕެލެސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕެލެސްގެ ބަޔާނުގައި އިތުރަށް ބުނީ ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވީ ކޮވިޑް-19ށް ޕޮޒެޓިވެވެގެން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

އުމުރުން 99 އަހަރުފުޅުގެ ފިލިޕްސް އެޑްމިޓްކުރެވިފައިވަނީ ކިންގް އެޑްވާޑް 7 ހޮސްޕިޓަލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
33%
33%
33%
0%
0%
0%
ކޮމެންޓް