ކޮވިޑް-19ށް އިތުރު 129 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 06:00ން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 5،045 މީހުން ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ. އޭގެ ތެރެއިން 129 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުން 120 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތެރެއިން 3 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިހާތަނަށް 18،082 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2،384 ގައެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 172 މީހަކަށް ފަރުވާދެމުން އަންނައިރު، މިބަލީގައި 58 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ. އަދި 15،633 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.