އިލެކްޝަންސް ކޮމިޝަން (އީސީ)ށް ޑރ މުހައްމަދު ޒާހިރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުންގެ ރުހުންދީފިއެވެ.
ޑރ މުހައްމަދު ޒާހިރަށް ރުހުންދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެމްބަރުންގެ އިއްތިފާގުންނެވެ. ޑރ މުހައްމަދު ޒާހިރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ ޑރ ޒާހިރަށް ރުހުން ދިނުމަށް ފެންނަކަމަށް ނިންމާފައެވެ.
އީ.ސީ.އަށް މެމްބަރަކު މި ޢައްޔަނުކުރީ އީ.ސީ.ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އެމަގާމުން މިިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. އަކްރަމް އިސްތިޢުފާދެއްވީ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް އެމައްސަލަ ތަޅުމަށް ފޮނުވާފައިވަނިކޮށެވެ.