ކ. މާލެ
|
16 ފެބްރުއަރީ 2021 | އަންގާރަ 12:18
ޗެލްސީ އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-0 ން
ޗެލްސީ އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ނިއުކާސަލް ބަލިކޮށް ޗެލްސީ ހަތަރުވަނައަށް
ނިއުކާސަލް އަތުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުން
ތާވަލުގެ ހަތަރުވަނައަށް ޗެލްސީ ޖެހިލީ 42 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ޗެލްސީ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިތުބާރު ފޯވާޑް އޮލިވިއޭ ޖިރޫޑެވެ.

އަދި އޭގެ އަށް މިނެޓު ފަހުން ޓިމޯ ވާނާ ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އެންމެ ފަހުން ލީގުގައި ޗެލްސީން ކުޅުނު 14 މެޗަށްފަހު ވާނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ޗެލްސީ ޖެހިލިއިރު، އެ ޓީމަށް ކުޅުނު 24 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ވެސްޓް ހޭމަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ޗެލްސީ އަތުން ބަލިވި ނިއުކާސަލް އޮތީ ތާވަލުގެ 17 ވަނައިގައި 24 މެޗުން 25 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް