ކ. މާލެ
|
16 ފެބްރުއަރީ 2021 | އަންގާރަ 08:56
ޖަލުން ދޫކޮށްލުމަށް 53 މީހުންނަށް ހުކުމް ކޮށްފައިވޭ
ޖަލުން ދޫކޮށްލުމަށް 53 މީހުންނަށް ހުކުމް ކޮށްފައިވޭ
ރާއްޖެ އެމްވީ
ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން
ޖެނުއަރީ މަހު 73 މީހަކު ޖަލުން ދޫކޮށްލި
 
ޖެނުއަރީ މަހު އެންމެ ގިނަ އަދަދެއްގެ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި
 
އެކި މައްސަލަތަކުގައި ޖަލަށް ލުމަށް ޖުމްލަ 36 މީހަކަށް ހުކުމް ކޮށްފައިވޭ

ޖެނުއަރީ މަހު 73 މީހަކު ޖަލުން ދޫކޮށްލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖަލުން 59 މީހަކު ދޫކޮށްލާފައިވާއިރު ޑިސެމްބަރު މަހާ އަޅާބަލާއިރު ފާއިތުވި ޖެނުއަރީ މަހު ޖަލުން ދޫކޮށްލި މީހުންގެ އަދަދު ޑިސެމްބަރު މަހަށް ވުރެ 14 މީހުން އިތުރެވެ.

އަދި ޖަލުން ދޫކޮށްލުމަށް 53 މީހުންނަށް ހުކުމް ކޮށްފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

ޖަލަށް ލާފައިވާ މީހުންގެ އަދަދަށް ބަލާއިރު ޖެނުއަރީ މަހު އެކި މައްސަލަތަކުގައި ޖަލަށްލުމަށް ޖުމްލަ 36 މީހަކަށް ހުކުމް ކޮށްފައިވާއިރު 50 މީހަކު ވަނީ ޖަލަށް ލާފައެވެ. މިއީ ފައިތުވި ޑިސެމްބަރު މަހަށް ވުރެ ދަށް އަދަދެކެވެ. އެގޮތުން ޑިސެމްބަރު މަހު 38 މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު 56 މީހަކު ވަނީ ޖަލަށް ލާފައެވެ.

ޖެނުއަރީ މަހު އެންމެ ގިނަ އަދަދެއްގެ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. މިބާވަތުގެ މައްސަލަތަކުގައި ޖަލަށް ލާފައިވަނީ 61 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން 8.3 އިންސައްތަ މީހުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައާއި ޓްރެސްޕާސް ކުރުމުގެ މައްސަލައިގައި މީހުން ޖަލަށް ލާފައިވާއިރު، ކޮރަޕްޝަނާއި އަމުރަށް ނުކިޔަމަންތެރިވުމުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ވެސް 8.3 އިންސައްތަ މީހުން ޖަލަށް ލާފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ މާފުށި ޖަލުން 2449 ފޯން ކޯލާއި، މާލެ ޖަލުން 270 ފޯން ކޯލް، އައްސޭރި ޖަލުން 337 ކޯލްގެ އިތުރުން ހުޅުމާލެ ޖަލުން 330 ފޯން ކޯލް ގައިދީންނަށް ފަހިކޮށްދިންކަމަށެވެ. މީގެ ތެރޭގައި އާއިލާ މީހުންގެ ފޯން ކޯލް، ވަކީލުންގެ ފޯނު ކޯލުގެ އިތުރުން އެހެނިހެން ކޯލްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ޖަލުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި މާފުށި ޖަލުން 12 ފޯނާ، މާލެ ޖަލުން 06 ފޯން އަދި އައްސޭރި ޖަލުން 03 ފޯނު ވަނީ އަތުލައިގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް