ކ. މާލެ
|
16 ފެބްރުއަރީ 2021 | އަންގާރަ 08:11
ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގެ ތެރެއިން
ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގެ ތެރެއިން
އެމްއެންޑީއެފް
ފަތުރުވެރިއަކު ގެއްލިގެން ހޯދުން
މާމުނަގައު ރިސޯޓުން ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ކައިރިގައި ހުރި ފަޅުރަށްތައް ވެސް ބަލައިފި
 
ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ރަތްމާ ޖެހި މޫދު ހެދުމެއް
 
ޑައިވްކޮށްގެން ޖުމްލަ 138000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައި

ފެބުރުއަރީ 13 ވަނަ ދުވަހު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން އެކަނި ސްނޯކުލިންއަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރައިން ހުއްޓާނުލައި ކުރިއަށްދާކަން ހާމަކޮށްފިއެވެ.

މިގޮތުން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓުގެ މެނޭޖްމަންޓް ގުޅިގެން ކުރަމުންދާ މަސައްކަތުގައި މިއަދު ފުބުރުއަރީ 15 ވަނަ ދުވަހު އެކަނިވެސް 54 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން ޖުމްލަ 138000 އަކަ މީޓަރުގެ ސަރަހައްދެއް ވެސް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައެވެ. އަދި މީގެ އިތުރުން ކައިރިގައި ހުރި ފަޅުރަށްތައްވެސް ވަނީ ބަލާފައެވެ.

އެމް.އެން.ޑީ.އެފްއިިން ވަނީ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބަރ ކްރާފްޓް ލޯންޗް މިހާރުވެސް ހަރަކާތްތެރިވަމުންދާކަމަށް ބުނެފައެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި މީގެއިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި މި މީހާ ފެނިފައެއް ނުވާކަމަށް އެމް.އެން.ޑީ.އެފްއިން މަޢުލޫމާތުދެއެވެ.

ކޯސްޓްގާޑުން މަޢުލޫމާތު ދޭ ގޮތުގައި ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ރަތްމާ ޖެހި މޫދު ހެދުމެކަމަށެވެ.

މި ފަތުރުވެރިޔާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ބެލުމަށް އެމް.އެން.ޑީ.އެފުން އެދިފައިވާއިރު، މި ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
25%
0%
25%
25%
25%
0%
ކޮމެންޓް