ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 18:41
ވަގުތު އޮންލައިންގެ ލޯގޯ
ވަގުތު އޮންލައިންގެ ލޯގޯ
ވަގުތު.އެމްވީ
ވަގުތު ޕެންޝަން މައްސަލަ
ވަގުތު އޮންލައިނުން ޕެންޝަންގެ ގޮތުގައި ނުދައްކާ ހުރި 90 ހާހަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި
 
ކޮންމެ މަހަކުވެސް 1 ވައުޗަރއަށް ފައިސާ ދައްކަމުންގޮސް 6 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތައް
 
ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދައްކަން ވަނީ ހުކުމްކޮށްފައި

ވަގުތު އޮންލައިނުން ޕެންޝަންގެ ގޮތުގައި ނުދައްކާ ހުރި 90 ހާހަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފިއެވެ.

އެކި މުއްދަތުގައި ވަގުތު އޮންލައިނުން ޕެންޝަން ފައިސާ ނުދައްކާވުމުން މި މައްސަލަ މޯލްޑިވްސް ޕެންޝަންސް އެޑްމިނިސްޓްރޭޝަނުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ގޮތް ނިންމާ ސިވިލް ކޯޓުން ނެރުނު ޤަޟިއްޔާގައި ވަނީ ދަަޢުވާ ހުށަހެޅި މޯލްޑިވްސް ޕެންޝަންސް އެޑްމިނިސްޓްރޭޝަނުން ވަގުތު އޮންލައިނަށް ކުރި ހުރިހާ ދަޢުވާއަކަށް އިއުތިރާފުވެފައިވާކަމަށް ބުނެފައެވެ. މި ސަބަބަށްޓަކައި ޕެންޝަން އެންޑްމިނިސްޓްރޭޝަނަށް ނުދައްކާ ހުރި ފައިސާއާއި ޕެންޝަން އެޑްމިނިސްޓްރޭޝަންއަށް ހުށަހަޅަން ޖެހޭ އެސް.ޕީ.ސީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެކަމަށް ވަނީ ހުކުމްކޮށްފައެވެ. އެގޮތުން 14 ފެބްރުއަރީ 2021އިން ފެށިގެން ކޮންމެ މަހަކުވެސް 1 ވައުޗަރއަށް ފައިސާ ދައްކަމުންގޮސް 6 މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ވަނީ އަންގާފައެވެ.

ސިވިލް ކޯޓުގެ ޤަޟިއްޔާގައި ވަނީ، ވަގުތު އޮންލައިނުން ޕެންޝަން ފައިސާ ނުދައްކާވާ މުއްދަތުތަކުގެ ތަފްސީލުވެސް ބަޔާންކޮށްފައެވެ. އެގޮތުން 2019 އޮކްޓޯބަރުން 2020 ޖުލައި މަހުގެ ނިޔަލަށް ޕެންޝަން ފައިސާ ނުދައްކާވާއިރު، 2020 އޮކްޓޯބަރުން 2020 ނޮވެމްބަރާއި ހަމައަށް ޕެންޝަން ފައިސާ ނުދައްކާކަން ވަނީ ހާމަވެފައެވެ. އަދި 2019 އޮކްޓޯބަރުން 2019 ޑިސެމްބަރާ ދެމެދު ޕެންޝަން އެޑްމިނިސްޓްރޭޝަންއަށް ހުށަހަޅަންޖެހޭ އެސް.ޕީ.ސީ ބަޔާން ހުށަހަޅާފައި ނުވާއިރު، 2020 ވަނަ އަހަރުގެ މާރޗްމަހާއި، މެއި އަދި ނޮވެމްބަރު މަހުވެސް މި ފައިސާ ނުދައްކާކަމަށް ވަނީ ހާމަވެފައެވެ. މި މުއްދަތުގައި ޕެންޝަން ފައިސާއާއި އެސް.ޕީ.ސީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 94181.66 (ނުވަދިހަ ހަތަރު ހާސް އެއް ސަތޭކަ އައްޑިހަ އެއް ރުފިޔާ ފަސްދޮޅަސް ހަލާރި) ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
17%
52%
4%
13%
13%
0%
ކޮމެންޓް