ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 18:38
އޮކްލެންޑްގައި ކޮވިޑަށް ޓެސްޓް ކުރަނީ
އޮކްލެންޑްގައި ކޮވިޑަށް ޓެސްޓް ކުރަނީ
އަލްޖަޒީރާ
ކޮވިޑް-19 ނިއުޒިލެންޑްގެ ހާލަތު
ނިއުޒިލެންޑުން ފެނުނު ކޮވިޑް ކޭސްތަކުގައި ޔޫކޭ ވޭރިއަންޓް
 
ފަހުން ފެނުނު ކޭސްތައް ފެންނަންދިމާވި ސަބަބު އަންނަނީ ހޯދަމުން
 
ދެ ކޭސް އެއް އެއްކޭސް އަނެއް ކޭސް އާއި ގުޅިފައިވާއިރު ތިން ވަނައަށް ފެނުނު ކޭހާއި އޮކްލަންޑްގެ ކްލަސްޓަރއާއި ގުޅުމެއް އޮތްކަމެއް އަދި ހޯދިފައިނުވޭ
 
ނިއުޒިލެންޑުން ވަނީ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި

ނިއުޒިލެންޑުން ދާދިފަހުން ފެނުނު ކޮވިޑް ކޭސްތަކާއި ގުޅިގެން މައި އެއް ސިޓީއެއްކަމުގައިވާ އޮކްލޭންޑް ލޮކްޑައުންކޮށްފައިވާއިރު އެކޭސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުން މިހާރު ފެނިގެން އުޅޭ ކޮވިޑްގެ އައު ވޭރިއަންޓް ހިމެނޭކަމަށް އެގައުމުގެ ބޮޑު ވަޒީރު ޖެސިންޑާ އާރޑަން ވިދާޅުވެއްޖެއެވެ.

މިއީ ނިއުޒިލެންޑުން މި ވޭރިއަންޓު ފެނުނު ފުރަތަމަ ފަހަރެވެ. ފޭސްބުކް ލައިވް ގައި ވާހަކަދައްކަވަމުން ޖަސިންޑާ ވިދާޅުވީ ވީ އެންމެ އަވަހަށް ލޮކްޑައުންކޮށް އަވަސް ފިޔަވަޅުތަކެއް ނެގުމަށް ނިންމި ނިންމުމަކީ ރަނގަޅަށް ނިންމުނު ނިންމުމެއްކަމަށެވެ. އެއީ އެންމެ ހަލުވި މިނުގައި ފެތުރޭނެ ވޭރިއަންޓް ފެނިފައިވުމުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ނިއުޒިލެންޑުން ވަނީ ތިން ކޭހެއް ފެނިފައެވެ. ދެ ކޭހެއް، އެއްކޭސް އަނެއް ކޭހާއި ގުޅިފައިވާއިރު ތިން ވަނައަށް ފެނުނު ކޭހާއި އޮކްލަންޑްގެ ކްލަސްޓަރއާއި ގުޅުމެއް އޮތްކަމެއް އަދި ހޯދިފައިނުވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އައު ކްލަސްޓަރއެއް ފެނުމާއެކު ޖަސިންޑާ ވަނީ އޮކްލަންޑް ތިން ދުވަހުގެ މުއްދަތަށް ލޮކްޑައުންކުރުމަށް ނިންމާފައެވެ. އާންމު ހުރިހާ ތަނެއް ބަންދުކޮށްފައިވާއިރު ގެއިން ބޭރުގައި އެއްވެސް ވަރަކަށް ގިނަ ބަޔަކު އެއްވެގެން ހަރަކާތްތައް ހިންގުން ވަނީ މަނާކޮށްފައެވެ. ހަމައެކަނި ޖަނާޒާ އާއި ކައިވެނިޕާޓީތައް ބޭއްވުން ހުއްދަކޮށްފައިވަނީ ގިނަވެގެން 10 މީހުންނަށް ބައިވެރިވެވޭގޮތަށެވެ. ސްކޫލްތައް ހުޅުވާފައިވަނީ މަސައްކަތްތެރިންގެ ދަރިންނަށް އެކަންޏެވެ. އެހެން ހުރިހާ ކިޔަވާކުދިން ގޭގައި ތިބުމަށް ވަނީ އަންގާފައެވެ.

ނިއުޒިލެންޑަކީ އެންމެ ކާމިޔާބުކަމާއެކު ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށްފައިވާ އެއް ގައުމެވެ. ފަސް މިލިއަން މީހުން ދިރިއުޅޭ ނިއުޒިލެންޑްގައި މިހާތަނަށް އައިއިރު މިބަލީގައި މަރުވެފައިވަނީ 25 މީހުންނެވެ.

ފަހުން ފެނުނު ކޭސްތައް ފެންނަންދިމާވި ސަބަބު ކަމާބެހޭ ފަރާތްތަކުން އަންނަނީ ދިރާސާކުރަމުންނެވެ.

ބައިނަލްއަގްވާމީ ފްލައިޓްތަކަށް ކޭޓަރިންގ އާއި ލޯންޑްރީގެ ޚިދުމަތްދޭ ކުންފުންޏެއްގައި މަސައްކަތްކުރަމުން އަންނަ އަންހެނަކާއި އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޮނިހިރު ދުވަހުއެވެ. އަދި އާދިއްތަ ދުވަހު އޭނާގެ ފިރިމީހާގެ ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ނިއުޒިލެންޑްގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ އަޝްލޭ ބްލޫމްފީލްޑް ވިދާޅުވީ އެންމެ ފުރަތަމަ ބަލަމުންދަނީ އަންހެން މީހާ މަސައްކަތްކުރި ތަންކަމަށެވެ. ބޯޑަރާއި އެއްވެސް ވަރަކަށް ގުޅުމެއް އޮތްތޯ ބަލަމުން އަންނަކަމަށް ޑރ އަޝްލޭ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް