ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 12:19
އިންޓަ އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅިވީ 3-1 ން
އިންޓަ އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅިވީ 3-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ލާޒިއޯ ބަލިކޮށް އިންޓަ އެއްވަނައަށް
ލާޒިއޯ އަތުން އިންޓަ މޮޅުވީ 3-1 ގެ ނަތީޖާއަކުން
ތާވަލުގެ އެއްވަނައަށް އިންޓަ ޖެހިލީ 50 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ލާޒިއޯ ބަލިކޮށް ތާވަލުގެ އެއްވަނައަށް އިންޓަ މިލާން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޓައިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ އިންޓައަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހައި އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ލުކާކޫ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޖުމްލަ 300 ލަނޑު ހަމަކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ދެވަނަ ހާފުގައި ސާގޭއި މިލިންކޮވިޗް-ސަވިޗް ވަނީ ލާޒިއޯއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ލަޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހައި އިންޓައަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް އިންޓަ ޖެހިލީ ކުޅުނު 22 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައަށް ވެއްޓުނު އޭސީ މިލާނަށް 22 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. އަދި އާދީއްތަ ދުވަހުގެރޭ އިންޓަ އަތުން ބަލިވި ލާޒިއޯ އޮތީ ތާވަލުގެ ހަތްވަނައިގައި 22 މެޗުން 40 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް