ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 11:38
އެގައުމުގައި ވަނީ އެބޯލާ އެޕިޑަމިކެއް އިއުލާނުކޮށްފައި
އެގައުމުގައި ވަނީ އެބޯލާ އެޕިޑަމިކެއް އިއުލާނުކޮށްފައި
އޭޕީ
ގިނީގައި އެބޯލާ ފެތުރުން
ގިނީގައި އެބޯލާ ފެތުރެނީ
 
އެގައުމުގައި އެބޯލާ ފެތުރެން ދިމާވި ސަބަބެއް އަދި ޔަގީންކޮށް ނޭންގޭ ކަމަށް ޑޮކްޓަރ ޔުމާ ވިދާޅުވި
 
ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ އެ ޖަމްޢިއްޔާގެ ފަރާތުން އެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް

އެފްރިކާގެ ގައުމެއް ކަމުގައިވާ ގިނީގައި އެބޯލާ ފެތުރިފައިވާ ކަމަށް އެގައުމުން ރިޕޯޓު ކޮށްފިއެވެ.

އެގައުމުން މި ބަލީގައި ހަތަރު މީހަކު މަރުވެ، ހަތް މީހަކު ބަލިވުމާ ގުޅިގެން އެގައުމުގައި ވަނީ އެބޯލާ އެޕިޑަރމިކެއް އިއުލާނު ކޮށްފައެވެ. އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލައިބީރިއާގެ ބޯޑަރު ކައިރީގައި ބޭއްވުނު ޖަނާޒާއެއްގައި ބައިވެރިވި މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން މިކަމާ ގުޅިގެން ބުނެފައިވަނީ މިހާރު އެ މީހުން އައިސޮލޭޓްކޮށްފައިވާ ކަމަށާއި ހާލަތަށް ބެލުމަށްފަހު އެ ގައުމުގައި އެބޯލާ ފެތުރެމުންދާކަމަށް ސަރުކާރުގެ ފަރާތުން އިއުލާނު ކުރާ ކަމަށެވެ.

މި އެޕިޑަމިކް ފެށުނު ގޮތާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓްސްގެ ފަރާތުން ޑޮކްޓަރ ޔުމާ ޓައިޑޯ ވިދާޅުވީ އެގައުމުގައި އެބޯލާ ފެތުރެން ދިމާވި ސަބަބެއް އަދި ޔަގީންކޮށް ނޭންގޭ ކަމަށާއި، ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ގިނީގައި އެބޯލާ ފެތުރިފައިވާކަން އެގައުމުން ހާމަ ކުރުމާއެކު ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ)ން ބުނެފައިވަނީ އެ ޖަމުޢިއްޔާގެ ފަރާތުން އެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އަދި ބައްޔަށް މީހުން ޓެސްޓު ކުރުމާއި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތަށް އެހީތެރިކަން ފޯރު ކޮށްދިނުމާއެކު މީހުންނަށް ފަރުވާ ދިނުމުގައި ވެސް އެ ޖަމިއްޔާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އާދިއްތަ ދުވަހު ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ލޯކަލް ހެލްތް ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހެއްގެ ޖަނާޒާގައި ބައިވެރިވި ހަ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނުނު ކަމަށާއި އޭގެ ތެރެއިން ދެ މީހުން މަރުވެފައިވާ ކަމަށެވެ. ބަލި ފެނުނު 6 މީހުންގެ ތެރެއިން ހަތަރު މީހުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓުކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
33%
67%
0%
0%
0%
ކޮމެންޓް