ކ. މާލެ
|
14 ފެބްރުއަރީ 2021 | އާދީއްތަ 21:20
ޖަޕާނަށް އައި ބިންހެލުމުގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވަނިކޮށް
ޖަޕާނަށް އައި ބިންހެލުމުގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވަނިކޮށް
ރޮއިޓަރސް
ޖަޕާނަށް ބިންހެލުމެއް އައުން
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
 
ބިންހެލުމުގެ ސަބަބުން އެތައް ސަތޭކަ މީހުނަށް އޭގެ އަސަރުކޮށްފައިވީ ނަމަވެސް މީހަކު މަރުވިކަމަށް ރިޕޯޓް ކޮށްފައެއް ނުވޭ
 
ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ބިންގަނޑު ވަނީ ކަނޑައިގެން ގޮސްފައި

ޖަޕާނުގެ އިރުމަތީ އައްސޭރިއަށް 7.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް 100ށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.

ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނީ އެގައުމަށް އައި ބިންހެލުން އައީ ހޮނިހިރު ދުވަހު އެގައުމުގެ ގަޑިން 23:08 އެހާކަންހާއިރު ކަމަށާއި، ބިންހެލުން އައީ ފުކުޝީމާގެ އައްސޭރިފަށުން، 37 މޭލު އަޑިންކަމަށެވެ.

ބިންހެލުމުގެ ސަބަބުން ޖަޕާނުގެ އެކި ސަރަހައްދުތަކުން 100ށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ބިންހެލުން އައި ސަރަހައްދުގެ ގެތަކުން ކަރަންޓު ވަނީ ކެނޑިފައެވެ.

މީގެ އިތުރުން ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބިންހެލުމުގެ ސަބަބުން އެތައް ސަތޭކަ މީހުންނަށް އޭގެ އަސަރުކޮށްފައިވީ ނަމަވެސް މީހަކު މަރުވިކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ޖަޕާނަށް ހޮނިހިރު ދުވަހު އައި ބިންހެލުން އައީ މީގެ 10 އަހަރު ކުރިން، 11 މާޗް 2011 ގައި 9.1 މެގްނިޓިއުޑްގެ ބިންހެލުން އައި ސަރަހައްދަށެވެ. އަދި ހޮނިހިރު ދުވަހުގެ ބިންހެލުމަކީ އެ ބިންހެލުމުގެ އާފްޓާޝޮކެއް ކަމަށް ޖޭއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
100%
0%
0%
0%
ކޮމެންޓް