ކ. މާލެ
|
14 ފެބްރުއަރީ 2021 | އާދީއްތަ 19:49
ފިލިޕީންސް އަސްކަރިއްޔާގެ މަނަވަރެއް
ފިލިޕީންސް އަސްކަރިއްޔާގެ މަނަވަރެއް
ރޮއިޓަރސް
ޗައިނާ، ފިލިޕީންސްގެ ގުޅުން
ޗައިނާ ކަނޑުގެ ސަރަހައްދަށް ފިލިޕީންސް އަސްކަރިއްޔާގެ މަނަވަރުތައް އިތުރު ކުރަނީ!
 
ޗައިނާގެ އައު ގަވާއިދާއިއެކު ފިލިޕީންސްގެ އުޅަނދުތަކަށް އެކަމުގެ ބިރު އެބައޮތް

ޗައިނާއިން އެކުލަވާލި އައު ކަނޑުގެ ގަވައިދާއިއެކު، ފިލިޕީންސުން އެގައުމުގެ އަސްކަރީ މަނަވަރުތައް ޗައިނާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރާނެ ކަމަށް ބުނެފިއެވެ.

ފިލިޕީންސްގެ އަސްކަރިއްޔާއިން ބުނީ ޗައިނާއިން އެކުލަވާލި އައު ގާނޫނާއިއެކު، ޗައިނާ އަސްކަރިއްޔާއަށް ބޭރު ގައުމުތަކުގެ އުޅަނދު ފަހަރަށް ހަމަލާ ދިނުމަށް އިތުރު ފަސޭހަތަކެއް ވެގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފިލިޕީންސްގެ ވިޔަފާރި އުޅަނދުތަކަށް އެކަމުގެ ބިރު ބޮޑު ކަމަށެވެ. އެހެންކަމުން އެގައުމުގެ އަސްކަރިއްޔާގެ ނޭވީ އުޅަނދުފަހަރު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ އަދަދު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ފިލިޕީންސް އަސްކަރިއްޔާއިން ބުނެއެވެ.

ޗައިނާގެ ސަރުކާރުން ހެދި އައު ގަވާއިދާއިއެކު ޗައިނާ ކަނޑުގެ ގައުމުތަކުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ޗައިނާއިން ހަނގުރާމައެއް ފެށުމަށް ކުރަމުން އަންނަ ކަމެއް ކަމަށް ބައެއް ގައުމުތަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
40%
20%
0%
0%
20%
20%
ކޮމެންޓް