މަންތާ އެއަރގެ ސީޕްލޭން ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިފިއެވެ.
އެއަރޕޯޓުން މައުލޫމާތު ދިން ފަރާތަކުން ބުނީ، މަންތާ އެއަރގެ ސީޕްލޭނެއް، ހުޅުލޭގެ ސީޕްލޭޓް ލެގޫނަށް ޖައްސަން އުޅުމުގެ ތެރޭގައި އަރިއަޅާލައި، ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އެއަރޕޯޓުން މައުލޫމާތު ދިން ފަރާތުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށެވެެ.
ހާދިސާއާއި ގުޅޭ ގޮތުން މަންޓާ އެއަރ އިން ބުނީ އާދީއްތަ ދުވަހުގެ ހެނދުނު 7:31 ހާއިރު ސީޕްލޭން ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށާއި، މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ބޯޓުގައި ތިބި ފަސިންޖަރުންނާއި ކުރޫން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.