ކ. މާލެ
|
1 މެއި 2017 | ހޯމަ 19:38
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެއް ނަމްބަރު ކީޕަރު ނަވާސް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެއް ނަމްބަރު ކީޕަރު ނަވާސް
ގޯލް.ކޮމް
ކޭލޯ ނަވާސް
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
ނަވާސް ވަނީ މިވީތަނަށް ރެއާލް އަށް 91 މެޗު ކުޅެދީފައި
މި ސީޒަނަށްފަހު ނަވާސް ރެއާލް ދޫކޮށްލާނެ: ރިޕޯޓް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޭލޯ ނަވާސް ހޯދުމުގެ މަސައްކަތް މެންޗެސްޓާ ސިޓީން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑޮން ބެލޮން އިން ބުނީ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލަން ނަވާސް ވިސްނާފައިވާ ކަމަށާއި، އެގޮތުން އޭނާ އެ ކްލަބް ދޫކޮށްލުމަށްފަހު ބަދަލުވާން ނިންމާފައިވަނީ ސިޓީއަށް ކަމަށެވެ.

މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން ސިޓީން އެޓީމުގެ އެއް ނަމްބަރު ކީޕަރު ކްލައުޑިއޯ ބްރާވޯ މި ސީޒަނުގައި ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހެއެވެ. އެގޮތުން މިވަގުތު އަނިޔާގައި ހުރި ބްރާވޯ ދޫކޮށްލުމަށްފހު ނަވާސް ގެނައުމަށް ސިޓީންވެސް މަސައްކަތްކުރާ ކަމަށެވެ.

ސިޓީގެ އިތުރުން އިޓަލީ އަދި ޖަރުމަންގެ ބައެއް ކްލަބްތަކުންވެސް އަންނަނީ ނަވާސް އަށް ފާހަރަލަމުންނެވެ. އޭނާ ގެންދިޔުމަށް ޖެނުއަރީ ޓްރާންސްފާގަވެސް ބައެއް ކްލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ.

ރެއާލް މެޑްރިޑްގެ އެއް ނަމްބަރު ކީޕަރު ނަވާސް އެ ކްލަބާ ގުޅުނީ ލެވެންޓޭ ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރެވެ. އޭނާ ވަނީ މިވީތަނަށް ރެއާލް އަށް 91 މެޗު ކުޅެދީފައެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުން ވިދާލި ކޮސްޓަރިގާ ގައުމީ ޓިމުގެ ނަވާސް ވަނީ އެޓީމަށް މިވީތަނަށް 68 މެޗު ކުޅެދީފައެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ކޮންކާކަފްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް