ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 15:33
ކޮވިޑް-19 އަށް ވެކްސިން ދެމުންދާ މަންޒަރު
ކޮވިޑް-19 އަށް ވެކްސިން ދެމުންދާ މަންޒަރު
ކޮވިޑް-19 އިންޑިއާގެ ހާލަތު
އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
 
ވެކްސިން ޖެހުމުގެ ކުރިންވެސް ބައްޔަށް ޑޮކްޓަރުން ޕޮޒިޓިވްވެފައި ތިބުމަކީ އެކަށީގެންވާ ކަމެއް
 
ވެކްސިން ޖެހިތާ ދިހަ ދުވަސް ފަހުން ކޮވިޑް-19ގެ އަލާމާތައް އެ ތިން ޑޮކްޓަރުންގެ ފަރާތުން ފެނިފައިވޭ

އިންޑިއާގެ ޝިމްލާގައި ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހިތާ ދިހަ ދުވަސް ފަހުން ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ޝިމްލާގައި ހުންނަ އިންދިރާ ގާނދީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް (އައިޖީއެމްސީ)ގައި މަސައްކަތް ކުރާ ތިން ޑޮކްޓަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 10 ދުވަސް ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ބުނެފައިވެއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދިހަ ދުވަސް ފަހުން ކޮވިޑް-19ގެ އަލާމާތައް އެ ތިން ޑޮކްޓަރުންގެ ފަރާތުން ފެނިފައިވެއެވެ.

މިކަމާއި ގުޅިގެން އައިޖީއެމްސީގެ ޕްރިންސިޕަލް ރަޖްނިޝް ޕަތާނިއާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ޑޮކްޓަރުން މިހާރު އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ. ރަޖްނިޝް އިތުރަށް ވިދާޅުވީ ވެކްސިން ޖެހުމުގެ ކުރިންވެސް ބައްޔަށް ޑޮކްޓަރުން ޕޮޒިޓިވްވެފައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ޑޮކްޓަރުންނާ ކޮންޓެކްޓްވި މީހުން ބަލަމުން ދާ ކަމަށް ވިދާޅުވެ ރަޖްނިޝް ވިދާޅުވީ އަދި ކޮންޓެކްޓްވި ބަލި މީހުންގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ.

ކޮވިޑް-19 ދެ ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިއާގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވާސިލްވުމުގައި ލަސްތަކެއް ކުރިމަތި ވެފައިވާއިރު އިންޑިއާ އިން ޓާގެޓްކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަސް އަންނަންވާއިރަށް އެގައުމުގެ 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އެއީ އެގައުމުގެ އާބާދީގެ ފަސްކުޅަ އެއްބައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
11%
4%
64%
13%
9%
0%
ކޮމެންޓް
14 ފެބްރުއަރީ 2021 | އާދީއްތަ 14:10
ޙަބީބު.
އަދިވެސް ލާދީނިއްޔަތު ދޫކޮއް އިލާހީ ގާނޫނައް ތަބާވާކައް ނުވޭބާ ﷲ ފިޔަވާ އެހެންފަރާތަކައް މިބަލި ގެންދެވޭނެ ދެވަނަފަރާތެއްނުވޭ އަދިވެކްސިން އުފައްދަން ސިކުނޑިދެއްވީވެސް އެފަރާތުން ވީމާ އެފަރާތައް ކިޔަމަން ވުމުގެ ގޮތުން އިރުއޮއްސި 6 ކުން ހެނދުނު 6 ކައް މިސްކިތްތަކުގާ ކީރިތި ގުރުއާން އަޑުހަރުކޮއް ޖަހަންވީ އަދި ބޮޑުތަކުބީރު ކިޔާ ހުރިހާ ރަށަކައް ފެންކިޔަވާފަ އަޅަންވީ އިސާހިތަކު ﷲ މިބަލި އުފުއްލަވާ ފާނެ.