ކ. މާލެ
|
1 މެއި 2017 | ހޯމަ 16:54
އިންޓަ ރިސޯޓް ފުޓްސަލް މުބާރާތުގެ ތެރެއިން
އިންޓަ ރިސޯޓް ފުޓްސަލް މުބާރާތުގެ ތެރެއިން
ރާއްޖެއެމްވީ
ރިސޯޓް ފުޓްސަލް
އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9500108 ނަމްބަރަށް ގުޅުމަށް އެފްއޭއެމް އިން ބުނޭ
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި މަހު 11 ވަނަ ދުވަހަށް ހަމަވާނެކަމަށް އެފްއޭއެމް އިން ބުނޭ
ޓާފް އަދި މެޓް ގްރައުންޑްސްގައި ކުޅޭ މި މުބާރާތް ބާއްވާނީ ބައިވެރިވާ ރިސޯޓްތަކުގައި ހޯމް އެންޑް އަވޭ އުސޫލުން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ  "އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖް 2017" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި މަހު 11 ވަނަ ދުވަހަށް ހަމަވާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ޓާފް އަދި މެޓް ގްރައުންޑްސްގައި ކުޅޭ މި މުބާރާތް ބާއްވާނީ ބައިވެރިވާ ރިސޯޓްތަކުގައި ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ރިސޯޓަކުން ދެހާސް ޑޮލަރުގެ ފީއެއް ނަގާއިރު، މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9500108 ނަމްބަރަށް ގުޅުމަށް އެފްއޭއެމް އިން ބުނެފައި ވެއެވެ.

އެފްއޭއެމްގެ އެއްބާރުލުމާއެކު "އިންޓަ ރިސޯޓް ފުޓްސަލް ލީގު" ގެ ނަމުގައި ފުޓްސަލް މުބާރާތެއް މިހާރު ވެސް އަންނަނީ ރިސޯޓުތަކުގައި ކުޅެމުންނެވެ. އެކި ޒޯންތަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގައި މި އަހަރު ވެސް ގިނަ ރިސޯޓުތަކުން ވަނީ ބައިވެރިވެފައެވެ.

- ކޮމެންޓް
1 މެއި 2017 | ހޯމަ 20:01
ހުސެއިން
ތަންކޮލެއް މަދުއަދި