ކ. މާލެ
|
10 ފެބްރުއަރީ 2021 | ބުދަ 13:44
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އަލްޖަޒީރާ
ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް
ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލްއަކީ ޤާނޫނާ އެެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއް ކަމަށް ސެނެޓުން ފާސްކޮށްފި
 
އަންނަ ހަފްތާގެ އާދިއްތަ ނުވަތަ ހޯމަ ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް ވޯޓަށް އަހާނެކަމަށް ބެލެވޭ
 
ޓްރެއަލްއަކީ ޤާނޫނާ ޚިލާފު ޓްރެއަލް އެއްކަމަށް ވޯޓުދެއްވީ 44 ސެނެޓަރުން
 
ރިޕަބްލިކަން ސެނެޓަރުންގެ 6 ސެނެޓަރުން ވަނީ އިމްޕީޗްމަންޓް ޓްރެއަލްއަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލް އެއްކަމަށް ވޯޓުދީފައި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ އިމްޕީޗްމަންޓް ޓްރެއަލް އަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއް ކަމަށް ސެނެޓުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހު ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް ސެނެޓްގައި ފަށާފައިވާއިރު ހައުސްގެ އިމްޕީޗްމަންޓް މެނޭޖަރސް ވަނީ އިމްޕީޗްމަންޓް އަރޓިކަލްސް ހުށަހަޅާފައެވެ. ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް މަސައްކަތްކުރަމުންދަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ތެރެއަށް ބަޔަކު ގަދަކަމުންވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ޓްރަމްޕްގެ އިމްޕީޗްމަންޓަކީ ޤާނޫނާ ޚިލާފު ޓްރެއަލްއެއް ކަމަށް ޓްރަމްޕްގެ ޤާނޫނީ ޓީމާ ރިޕަބްލިކަންގެ ސެނެޓަރުން ބުނަމުންދާއިރު ހައުސްގެ އިމްޕީޗްމަންޓް މެނޭޖަރުންނާއި ޓްރަމްޕްގެ ލޯޔަރުންގެ ޕްރެޒެންޓޭޝަންތަކަށްފަހު ޓްރެއަލް އަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލް އެއްތޯ ފާސްކުރުމަށް ވަނީ ވޯޓަށް އަހާފައެވެ.

ވޯޓުގެ ނަތީޖާއަށް ބަލާއިރު 56 ސެނެޓަރުން ވަނީ ޓްރެއަލްއަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލް އެއްކަމަށް ވޯޓުދީފައެވެ. އޭގެތެރޭގައި ރިޕަބްލިކަން ސެނެޓަރުންގެ 6 ސެނެޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. ޓްރެއަލް އަކީ ޤާނޫނާ ޚިލާފު ޓްރެއަލް އެއްކަމަށް ވޯޓުދެއްވީ 44 ސެނެޓަރުންނެވެ. ޓްރަމްޕް އިމްޕީޗްކުރުމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެއެވެ.

އަނެއްކޮޅުން ޓްރަމްޕްގެ އިމްޕީޗްމަންޓާ ގުޅިގެން ހައުސްގެ މެނޭޖަރުން ދިން ޕްރެޒެންޓޭޝަނަށް ރިޕަބްލިކަންގެ ގިނަ ސެނެޓަރުންގެ ތައުރީފް ވެސް ވަނީ ލިބިފައެވެ. އަދި ޓްރަމްޕްގެ ލޯޔަރުންގެ ޓީމުން ހުށަހެޅި ޕްރެޒެންޓޭޝަން ރަނގަޅުނުވުމުގެ ސަބަބުން ރިޕަބްލިކަންގެ ގިނަ ސެނެޓަރުންގެ އިތުރުން ހުދު ޓްރަމްޕް ވެސް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސެނެޓުން ނިންމާފައިވަނީ ޓްރެއަލް ކޮންމެ ދުވަހަކުވެސް ކުރިޔަށް ގެންދިޔުމަށެވެ. އަދި އަންނަ ހަފްތާގެ އާދިއްތަ ނުވަތަ ހޯމަ ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި