ކ. މާލެ
|
10 ފެބްރުއަރީ 2021 | ބުދަ 12:30
މި މަޝްރޫއު އެމްޓީސީސީ އާއި މޮބިލައިޒް ކުރެވިފައިވަނީ 2019 ވަނަ އަހަރު
މި މަޝްރޫއު އެމްޓީސީސީ އާއި މޮބިލައިޒް ކުރެވިފައިވަނީ 2019 ވަނަ އަހަރު
އެމްޓީސީސީ
ފުޅަދޫ ބަނދަރު ތަރައްޤީކުރުން
ފުޅަދޫ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ނިންމާލައިފި
މި މަޝްރޫއުއަކީ ޕްލޭނިންގް މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެއް
މި މަޝްރޫއުގެ އަގަކީ 48.29 މިލިއަން ރުފިޔާ

ބ. ފުޅަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ފުޅަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 29،167.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމާއި، 22،694 މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުން ހިމެނޭ ކަމަށެވެ. އަދި 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 233 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 588 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ މޮބިލައިޒް ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ޕްލޭނިންގް މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަގަކީ 48.29 މިލިއަން ރުފިޔާއެވެ.

- ކޮމެންޓް