ކ. މާލެ
|
9 ފެބްރުއަރީ 2021 | އަންގާރަ 22:24
މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ
މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19
ޕޮޒިޓިވް އަދަދު 17،000އަށް ވުރެ މައްޗަށް. މިއަދު 192 ކޭސް
192 މީހުން ޕޮޒިޓިވްވީ ނެގި 4،716 ސާމްޕަލް ތެރެއިން
154 ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުން

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު 192ށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން 192 މީހުން ޕޮޒިޓިވްވެފައި ވަނީ ހޯމް ދުވަހު އިރުއޮއްސި ހަޔަކާއި އަންގާރަ ދުވަހުގެ އިރުއޮއްސި ހަޔަކާ ދެމެދު ނެގި 4،716 ސާމްޕަލްގެ ތެރެއިންނެވެ.

އެ 192 ކޭސްގެ ތެރެއިން 154 ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުން ކަމަށާއި އަތޮޅު ތެރެއިން 11 އަދި ރިސޯޓުތަކުން 27 ކޭސްއެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ އަދަދު މިވަނީ 17،101ށް އަރާފައެވެ. އޭގެ ތެރެއިން 14،822 މީހުން ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ 2،216 މީހުންނަށެވެ. އޭގެ ތެރެއިން 204 މީހުން ތިބީ އެޑްމިޓްކޮށްފައެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 56ށް އަރާފައެވެ.

- ކޮމެންޓް