ކ. މާލެ
|
8 ފެބްރުއަރީ 2021 | ހޯމަ 14:01
ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރ ޝާހިދު މީޑިއާއަށް މަޢުލޫމާތު ދެއްވަނީ
ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރ ޝާހިދު މީޑިއާއަށް މަޢުލޫމާތު ދެއްވަނީ
ފޮރިން މިނިސްޓްރީ
ޝާހިދު ބަންގްލަދޭޝްއަށް ފުރައިވަޑައިގަތުން
ބަންގްލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ފުރާވަޑައިގެންފި
މިއީ ދެދުވަހަށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް
މިނިސްޓަރ މޮމެންއާއެކު ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ މަޝްވަރާތައް ބާއްވަވާނެ
ބަންގްލަދޭޝްގެ ރައީސް އާއި ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ހޯމަ ދުވަހު ފުރާވަޑައިގެންފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އޭ. ކޭ. އަބްދުލް މޮމެންގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ މޮމެންއާއެކު ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދް އާއި ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގިނާ ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓަރު ޝާހިދު ގެންދަވަނީ ބޭރު ގައުމުތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަނިކުފާނުގެ މަސައްކަތްތަކުގެ ސަބަބުން ބޮޑެތި އެހީތައް ރާއްޖެއަށް ލިބެމުންދެއެވެ.

- ކޮމެންޓް