މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސްކޮށްފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީ.އެން.ސީ މެމްބަރ އާދަމް ޝަރީފެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ އާންމުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވުމާއި ފަރުވާކުޑަވުމާއި މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަމަށް އިހުމާލުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ، މީހުން މަރުވުމާއި ޖިސްމަށް ޢިޔާދަ ނުކުރެވޭފަދަ ބޮޑެތި އަނިޔާތައް ލިބުން އިތުރުވަމުންދާތީ އާއި ކޮންމެ އިހުމާލަކީ އަނިޔާއެއްކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
މީގެއިތުރުން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށޭނެ ސަމާލުކަން ނުދެވުމާއި، ފަރުވާކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން 26 ޖެނުއަރީގައި ބިއްލޫރި ޕްލެޓެއް ދަށުވެ އެކަކު ނިޔާވެ އަނެކަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވަނިކޮށް 4 ފެބްރުއަރީ ގައި ކާޕެޓް ރޯލެއް ވެއްޓުމުގެ ސަބަބުން ޒުވާނަކަށް ޢިޔާދަނުކުރެވޭ ވަރުގެ ބޮޑެތި އަނިތާކެއް ލިބިފައިވާކަމަށެވެ. އަދި މިނޫންވެސް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަން މާލޭ ވިޔަފާރި ބަނދަރުގައި ކުރިމަތިވަމުން އަންނަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށާއި ސުޕަވިޝަނާއި މޮނިޓަރިންގ މިހާރަށްވުރެ ވަރުގަދަ ކުރުމަށާއި ރިސްކް މެނޭޖްމަންޓް ސިސްޓަމް ޚަރުދަނާ ކުރުމަށާއި މަސައްކަތްކުރާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން އެނގެންޖެހޭ ކަންކަމަށް އެމީހުން އަހުލުވެރި ކުރުމަށާއި އެކަމަށް ބޭނުންވާ ތަމްރީނުތައް ފަހިކޮށްދިނުމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފުރިހަމަ އޮޑިޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހެދުމަށާއި، އޮޑިޓާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މީހުންގެ ސަލާމަތަށްޓަކައި މަޖޫރީ ކުންފުނިތަކުން ލާޒިމުކުރާ ކަންކަމާއި ޒިންމާތައް އަދާކުރަމުންދޭތޯ ބެލުމަށާއި އެކްސިޑެންޓަތަކުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތަކަށް އިންސާފު ހޯދައިދީއާދަމް ޝަރީފް/ މަޑުއްވަރީ ދާއިރާގެ މެމްބަރ
އާދަމް ޝަރީފް ވިދާޅުވީ މިފަދަ ހާދިސާތަކުގައި އިމަރޖެންސީގެ ވަގުތުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސަރުކާރަށް ގޮވައިލާ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާކަމަށެވެ.
މި މައްސަލަ ވަނީ މަޖިލީހަށް ބަލައިގަތުމަށް ފެންނަކަމަށް ފާސްކޮށްފައެވެ. އަދި މި މައްސަލައަށް މެމްބަރުން ބަހުސްކުރައްވާފައިވާއިރު މައްސަލައަށް ތާއީދުކުރައްވާ ވަނީ މެމްބަރުން ވާހަކަ ދައްކަވާފައެވެ.