ކ. މާލެ
|
8 ފެބްރުއަރީ 2021 | ހޯމަ 12:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ބްރޯޑްކޮމްއަށް މެމްބަރުން ޢައްޔަނުކުރުމުގެ މައްސަލ
ބްރޯޑްކޮމްއަށް ކުރިމަތިލި 11 ބޭފުޅުންގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް
ބްރޯޑްކޮމްއަށް މެމްބަރަކު މި ޢައްޔަނުކުރަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކޮމިޝަންގެ މެންބަރުކަމުން ޒީނާ އިސްތިޢުފާ ދެއްވުމުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ހުސްވެެފައިވާ މަގާމަށް މެމްބަރަކު ޢައްޔަނުކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލީ 11 ބޭފުޅެއްގެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ބްރޯޑްކޮމްއަށް މެމްބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު އަމީން އާންމު ފާތުމަތު ނިއުޝާ އިއްވަވާދެއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ ބްރޯޑްކޮމްއަށް ޢައްޔަންކުރުމަށްޓަކައި ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދެއްވާ ތަރުތީބުން 11 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. އެބޭފުޅުންނަކީ:

މުހައްމަދު ފަޒީނު / ބ. ތުޅާދޫ / ހޭޒްލީން

ޝިފްޒާ މުސްތަފާ / މާދަނޑު، އާސާން / ޏ. ފުވައްމުލަކު

ޝިފާ ތައުފީގް / ހ. ހާޖަރާގެ

އަލީ މުހައްމަދު މަނިކު / ދަފްތަރު ރސ 1851

އަހުމަދު މޫސާ/ ހ. އަމްސާވިލާ

ޒުބައިރު އަހުމަދު މަނިކު/ ގ. މަލްވިނަ

ހަސަން ރަޝީދު / ފްލާވާރގެ، ސ. މަރަދޫ

އައިޝަތު ހުސައިން މަނިކު / ހ. ރީނދޫކޮކާގެ

މުހައްމަދު ޝާމިހު/ އިރުދޭމާގެ/ ގދ ގައްދޫ

ހުސައިން އަމްރު / ވ. ރޯޝަން

އިމްރާނާ ބިންތް އަބްދުﷲ / މ. ކަރޭޖް

ބްރޯޑްކޮމް އަށް މެމްބަރަކު މިޢައްޔަނުކުރަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކޮމިޝަންގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޒީނާ އިސްތިޢުފާ ދެއްވީ އެ ދުވަހުގެ ރައްޔިތުން މަޖިލީހުގައި އޭނާ އެ މަގާމުން ވަކި ކުރުމުގެ މައްސަލަ ތާވަލުކުރެވިފައި ވަނިކޮށެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެގޮތުން މި ވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ނައިބު ރައީސް އަހުމަދު ގައިސް، ކޮމިޝަނަރ އަމްޖަދު ވަހީދު، ކޮމިޝަނަރ އަލީ ޔޫސުފް، ކޮމިޝަނަރ އާމިނަތު އަމީނާ އަދި ކޮމިޝަނަރ އާމިނަތު ސަރާހަތު އިއްޒަތެވެ.

- ކޮމެންޓް