ކ. މާލެ
|
8 ފެބްރުއަރީ 2021 | ހޯމަ 13:17
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވާހަކަދައްކަވަނީ
ރައީސް އޮފީސް
ވެކްސިންޖެހުން
ވެކްސިނަށް ދިގު ކިއުއެއް، ޑރ. ނަޒްލާގެ ހިތްހަމަޖެހުން!
މަސައްކަތް ކުރަމުންދަނީ ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިންދިނުމަށް
ރަޖިސްޓްރީ ނުކޮށް ވެސް ސެންޓަރުތަކަށް ވެކްސިންޖެހުމަށް އަންނަ ފަރާތްތަކަށް ވެކްސިންދެމުންދޭ
އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

ރާއްޖޭގައި ވެކްސިންޖަހާ ފަރާތްތައް ގިނަވެ، ވެކްސިނަށް އޮތް ޑިމާންޑް ވަރަށް ބޮޑުވަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ އެޗް.އީ.އޯ.ސީ.ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިނޭޝަން ޕްރޮގްރާމް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގައި ކުރިއަށްދާއިރު އެ މަންޒަރު ވަރަށް އުފާވެރިކަމަށެވެ. ވެކްސިންޖެހުމަށް ގިނަ ބަޔަކު އަންނަ ކަމަށާއި، ސަޕޯޓު ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިންޖެހުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ރަޖިސްޓަރީ ނުކޮށް ވެސް ސެންޓަރުތަކަށް ވެކްސިންޖެހުމަށް އަންނަ ފަރާތްތަކަށް ވެކްސިން ދެމުންދާ ކަމަށާއި، އެމީހުންގެ ޑޭޓާތައް ވެސް ސިސްޓަމްއަށް ކަލެޓް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މިފަދަ ޕެންޑަމިކްއެއްގައި ވަރަށް ފުޅާ ގޮތެއްގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްދާއިރު، ބައެއް މައްސަލަތައް ފާހަގަކުރެވޭ ކަމަށާއި، އެމައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރު ކިޔު ދިގުވުމާ ގުޅިގެން މިހާރު ކިޔު ސިސްޓަމެއް ގާއިމުކުރެވި ކިޔު ނަންބަރު ދޫ ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކުރަމުންދާ މަސައްކަތްތަކަށް އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ވެކްސިން ޖެހުމަށްދާ ފަރާތްތަކުން ރަނގަޅަށް ކައިގެން ދިއުމަށާއި، ބޭހެއް ބޭނުން ކުރާނަ އެބޭހެއްގެ މަޢުލޫމާތު ގެންދިއުމުގެ އިތުރުން އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް ވެސް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ރާއްޖެއިން ކޮވިޑް-19 ނައްތާލުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ހިފާފައިވާއިރު، ކޮވިޝީލްޑް ވެކްސިންއާ ގުޅޭ ގޮތުން ސަރުކާރާ ދެކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ނާތަހުޒީބީ ދޮގު މަޢުލޫމާތު ފަތުރައި ރައްޔިތުންގެ ހިތްތަތަކުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

އެސްޓްރަޒެނެކާގެ ފޯރމިއުލާއަށް ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިމިވާ ވެކްސިނަކީ އާންމު ރެފްރިޖްރޭޝަން ފިނިހޫނުމިނުގައި ވެސް ބޭނުން ކުރެވޭ ވެކްސިނެކެވެ.

1 ފެބްރުއަރީގައި ރާއްޖޭގައި ރަސްމީކޮށް ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، ދައުލަތުގެ 3 ބާރުގެ އިސްވެރިން ވެސް ވަނީ މި ވެކްސިން ޖައްސަވާފައެވެ. ވެކްސިންގެ އެންމެ ފަހުގެ ކްލިނިކަލް ޓްރަޔަލްގެ ނަތީޖާ ދައްކާގޮތުން މިވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.

- ކޮމެންޓް
8 ފެބްރުއަރީ 2021 | ހޯމަ 17:20
ޟިއު
ޕޮޓެލްގަ ރަޖިސްޓްރީވާން ބުނީމަ ރަޖިސްޓްރީވި މީހުން ތިބިގޮތަށް ތިބީ އަދިވެސް، އެއްވެސް އިިންސާ ފެއްނޫންމީކީ، ރަޖިސްޓްރީވީ ވަކި އިންތިޒާމެއްގެ މަތިިން ވެކްސިންގެ ކަންތައް ގެންދާނެކަމަށް ބުނީމަ، ބޮޑެތި ބަލިތަކުގެ މީހުންވެސް ރަޖިސްޓްރީވެގެން ގުޅާނެ ކަމުގެ އިންތިޒާރުގަ، ނުގުޅީމަ ގުޅާ ފަ އަހާލީމަ ބުނީ ކިއު އަށް އަރައިގެން ޖަހާށޯ،..ރަޖިސްޓްރީވި މީހަޔާ ނުވާ މީހަގެ ތަ ފާތެއްނެތް...ޕޮޓަލް ހެދީ ކީއްކުރަންބާ..
8 ފެބްރުއަރީ 2021 | ހޯމަ 14:07
ފޔޖހބޖވޠޫޣޭﷲީޫޢޞޥޞޥޞޤ ޢޫޞޠޣޤޥޠޣޥޤޣޥޢޢޏޠޥޑޞﷲޠޫޓﷲޠﷲޣޢޠﷲ