ކ. މާލެ
|
8 ފެބްރުއަރީ 2021 | ހޯމަ 08:49
ޗައިނާގެ އެއަރޕޯޓެއްގެ ތެރެ
ޗައިނާގެ އެއަރޕޯޓެއްގެ ތެރެ
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ދެމަސް ދުވަހުގެ ތެރޭގައި ޗައިނާގެ އެތެރެއިން ކޮވިޑް ކޭހެއް ނުފެނި ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފި
 
ޗައިނާގައި މިހާތަނަށް އައިއިރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 89،706ށް އަރާ
 
މިއެންމެންނަކީ ވެސް އެގައުމަށް އެތެރެވި މީހުންކަމަށް ހެލްތު ކޮމިޝަނުން ބުނޭ
 
ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ޗައިނާއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 14 މީހުން

ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާގެ އެތެރެއިން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިނުވާ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެގައުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 14 މީހުން ކަމަށެވެ. އެހެންނަމަވެސް މިއެންމެންނަކީ ވެސް އެގައުމަށް އެތެރެވި މީހުންކަމަށް ހެލްތު ކޮމިޝަނުން ބުނެއެވެ. މީގެތެރެއިން 7 މީހުންނަކީ ޝަންހާއީއަށް އެތެރެވި މީހުންނެވެ. ބާކީ ތިބި މީހުންނަކީ ގުއަންގޑޮންގއިން ފެނުނު މީހުންނެވެ.

މިއީ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުގެ ފަހުން ޗައިނާގެ ތެރެއިން ކޮވިޑް ކޭސްތައް ފެންނަން ފެށި ފަހުން މީހަކު ވައިރަސްއަށް ޕޮޒިޓިވްނުވެ ދިޔަ ފުރަތަމަ ދުވަހެވެ. ޗައިނާގައި މިފަހުން ތިން ސަރަޙައްދެއްގައި ވަނީ ކޮވިޑް ކޭސްތައް އިތުރުވެފައެވެ. އެއާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެގޮތުން ހޭބެއި ޕްރޮވިންސާއި ހެލިއޮންޖިއަންގ އަދި ޖިލިން ޕްރޮވިންސުން ވަނީ ބޮޑެތި ކްލަސްޓަރ ތަކެއް މިފަހުން ފެނިފައެވެ.

ޗައިނާގައި މިހާތަނަށް އައިއިރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 89،706ށް އަރައެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދު 4،636ށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
40%
0%
0%
0%
60%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި