ކ. މާލެ
|
1 މެއި 2017 | ހޯމަ 06:19
ޓޮޓެންހަމްއަށް ލިބުނު ޕެނަލްޓީ ހެރީކޭން ފޮނުވާލަނީ
ޓޮޓެންހަމްއަށް ލިބުނު ޕެނަލްޓީ ހެރީކޭން ފޮނުވާލަނީ
ބީބީސީ
ޕްރެމިއަރ ލީގު
އާސެނަލް ބަލިކޮށް، ޓޮޓެންހަމް އިން ޕްރެމިއަރ ލީގުގެ ފޯރި ގަދަކޮށްލައިފި
އަމިއްލަ މާބޮޑު ބާރެއްނެތް
2015 ގެ ފަހުން އާސެނަލް އަތުން ލިބުނު ފުރަތަމަ މޮޅު
ބާކީ އޮތީ ހަތަރު މެޗު

ދެހާސް ފަނަރަ ވަނަ އަހަރުގެ ފަހުން، އާސެނަލް އަތުން ލިބުނު ފުރަތަމަ މޮޅާއިއެކު ޓޮޓެންހަމް ހޮޓްސްޕާއިން ޗެލްސީއާ ދެމެދުގައި އޮތް ފަރަގު ކުޑަކޮށް، ޕްރެމިއަރ ލީގު ހޯދުމަށްކުރާ މަސައްކަތުގެ ފޯރި ގަދަކޮށްލައިފިއެވެ.

 

އުތުރު ލަންޑަން ޑާބީގައި، އާސެނަލްގެ މައްޗަށް ޓޮޓެންހަމް އިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

 

މި ނާތީޖާއާއެކު ޓޮޓެމްވަނީ 77 ޕޮއިންޓާއިއެކު ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި ޗެލްސީ އޮތީ 81 ޕޮއިންޓާއެކުއެވެ. ދެޓީމުގެ މެދުގައި ހަތަރު ޕޮއިންޓްގެ ފަރަގު އޮތްއިރު ކޮންމެ ޓީމަކަށްވެސް ބާކީ 4 މެޗު އެބައޮތެވެ.

 

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ، ފުރަތަމަ ހާފްގައި ޓޮޓެންހަމްގެ ޑެލި އަލީ އަދި ކްރިސްޓިއަން އެރިކްސަންއަށް ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވެސްވެފައިވެއެވެ. އާސެނަލް އަށް ވުރެ ގިނައިން، ލަނޑު ޖަހާނެ ފުރުސަތުތައް ޓޮޓެންހަމްއިން ތަނަވަސް ކުރިއިރު އޭގެން އެއްވެސް ބޯޅައެއް ދަނޑިން އެތެރެކޮށްލެވޭ ވަރެއް ނުވިއެވެ. ލިބުނު އެއްވެސް ފުރުސަތެއްގައި ލަނޑެއް ނުޖެހި ދެޓީމަށްވެސް ފުރަތަމަ ހާފް ނިންމާލަން ޖެހުނީ ހުސްއަތާއެވެ.

 

ފުރަތަމަ ހާފްގައި ގޯލެއް ނުފެނުނު ނަމަވެސް ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 55 ވަނަ މިނެޓްގައި ޑެލީ އަލީ އެވެ. އޭގެ ފަހުން ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މިއީ ލީގުގައި ކޭން ކާމިޔާބުކުރި، 21 ވަނަ ގޯލެވެ.

 

މި ދެ ގޯލަށްފަހު ވެސް ޓޮޓެންހަމް އިން އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިނަމަވެސް އާސެނަލްގެ ގޯލްކީޕަރު، ޕީޓަ ޗެކް ވަނީ ގިނަ ޙަމަލާތަކެއް ދިފާޢުކޮށްފައެވެ.

 

ލީގުގެ ފޯރި ގަދަވި ނަމަވެސް ޓޮޓެންހަމްއަށް ލީގު ލިބުމުގެ ފުރުސަތެއް އޮތީ، ކުރިއަށް ހުރި މެޗުތަކުން، ޗެލްސީން ޕޮއިންޓްތަކެއް ގެއްލުވާލައިގެންނެވެ.

- ކޮމެންޓް