ކުޑަ ކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މެދު ރާއްްޖެތެރޭގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖެއްގެ ހާޒިރުގައި އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 10 ޖެނުއަރީ 2021 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 64 އަހަރުގެ ދިވެހި ފިރިހެނެއް ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކުޑަކުދިންނާ ގުޅުން ހުންނަ މައްސަލަތަކަކީ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންދާ މައްސަލަތަކެއް ކަމަށްވާއިރު، ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވަމުން ދެއެވެ.